ސުއޭޒް ކެނަލްގައި ތާށިވި ބޯޓު ފުންކޮށްފި

ސުއޭޒް ކެނަލްގައި އެވާގިވެން ބޯޓު ތާށިވެފައި -- ފޮޓޯ: ރޮއިޓާސް

ގާހިރާ (މާޗް 29): މިިދިޔަ ހަފްތާގައި ސުއޭޒް ކެނަލްގެ ތިލަ ތަނަކަށް އަރައި ބީހުމުގެ ސަބަބުން އެ ކެނަލްގައި ތާށިވި ބިޔަ އާގުބޯޓު ފުންކޮށްފި އެވެ.

ޓައިވާނުގެ ކުންފުންޏެއް ކަމަށްވާ އެވާގްރީންއިން އޮޕަރޭޓް ކުރާ އެވާގިވެން ބޯޓުގެ ކުރީކޮޅު ސުއޭޒް ކެނަލްގެ ވެލިގަނޑުގައި ތާށިވެފައި އޮތް ތަނުން ފުން ކުރެވިފައިވާ ކަމަށް މެރިޓައިމް ހިދުމަތްތައް ފޯރުކޮށްދޭ އިންޗްކޭޕް ކުންފުނިން މިއަދު ބްލޫމްބާގަށް މައުލޫމާތު ދިނެވެ. އަދި ބޯޓު ދަތުރުތައް ޓްރެކް ކުރާ ވެބްސައިޓުތަކުން ވެސް ވަނީ އެވާގިވެން ބޯޓު ވެލިގަނޑުން ދުރަށް ޖެހި، އުތުރަށް މިސްރާބު ޖަހާފައިވާ ކަމަށް ދައްކާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ސުއޭޒް ކެނަލްގައި ތާށިވި އެ ބޯޓު ފުން ކުރުމަށް އެ ސަރަހައްދު ކޮނެ، ބޯޓު ދެމުމަށް 14 ޓަގުބޯޓު ބޭނުންކޮށްފައިވެ އެވެ.

ހަތަރުސަތޭކަ މީޓަރު ދިގު އެވާގިވެން ބޯޓު ސުއޭޒް ކެނަލްގައި ތާށިވީ އެ ސަރަހައްދަށް ގަދަވަޔާއި ވެލީގެ ތޫފާނެއް އެރި ދަނޑިވަޅެއްގައި ބޯޓުގެ ހުންގާނު ކޮންޓްރޯލް ނުވުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭޝިއާ އާއި ޔޫރަޕާ ދެމެދު ކަނޑު ދަތުރު ކުރުމަށް އެންމެ ކުރު ރާސްތާ ކަމަށްވާ ސުއޭޒް ކެނަލް ބަންދުވެފައި އޮންނަ ކޮންމެ ދުވަހަކަށް 14 މިލިއަން ޑޮލަރާއި 15 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބޭ ކަމަށް ކެނަލް އޮތޯރިޓީގެ ވެރޮޔާ އުސާމާ ރަބީ ވިދާޅުވި އެވެ. އަދި އެ ކެނަލްގައި 369 އުޅަނދު މަޑުކޮށްގެން އޮތް ކަމަށާއި އޭގެ ތެރޭގައި މުދާ އުފުލާ ބޯޓުތަކާއި ތެޔޮ ޓޭންކަރުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް

comment ގޯލްޑަން ގްލޯބްސް

4 year 3 day ago

ބަލަ އޮސްކާ! ކިހިނެއް ތިހެދީ؟ މަ އުޅުނީ "ޝުކުރިއްޔާ ރައީސް ޔާމީން" ލައިނު ވައްޓާލަން. މިހާރު އެ ފަނިވީ.

comment އޮސްކާ

4 year 4 day ago

އިބްރާހިމް ސޯލިހުގެ ދުރުވިސްނޭ ހިކުމަތްތެރި މިންނެއްް މަސައްކަތުން ބޯޓު ފުންކުރެވުނީތީ އުފާކުރަން. ކުޑޯސް ޓު އެމްޑީޕީ އެންޑް ރައީސް. މިފަހަރު ތިޔަ ސަލާމަތްކޮށްދެއްވީ ދުނިޔޭގެ އިގްތިސާދު. ޝުކުރިއްޔާ.