ސްރީކަންކަން އިން ރާއްޖެ އާއި ލަންޑަނާ ދެމެދު ސީދާ ދަތުުރު ފަށައިފި

ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އާއި ލަންޑަން އާއި ދެމެދު ދަތުރު ފެށުން ---

ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އާއި އިނގިރޭސިވިލާތުގެ ލަންޑަން އާ ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އަކީ މަގުބޫލު މަންޒިލަކަށް ވާއިރު، ރާއްޖެ-ލަންޑަން ސީދާ ދަތުރުތައް ހަފްތާ އަކު ދެ ދުވަހު ބާއްވާނެ ކަމަށް ސްރީލަންކަން އިން ބުންޏެވެ.

ސްރީލަންކަން އިން ދަނީ މާލެ އާއި ސްރީލަންކާގެ ކޮލަމްބޯ އާއި ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަމުންނެވެ. މީގެ އިތުރުން ދުބާއީ އާއި މާލެ އާއި ދެމެދު ހަފްތާ އަކު އެއްދުވަހު ކާގޯ ދަތުރުތައް ވެސް އެ އެއާލައިނުން ބާއްވަ އެވެ.

ލަންޑަން އާއި މާލެ އާ ދެމެދު އަންނަ އޭޕްރީލާ ހަމައަށް ދަތުރުތައް ކުރަން ސްރީލަންކަން އިން ނިންމާފައިވާ އިރު އެ އެއާލައިނުން ވަނީ ދުނިޔޭގެ ބޮޑެތި ސިޓީތަކާއި މާލެ އާ ގުޅާލަފަ އެވެ. އެގޮތުން ފްރޭންކްފާޓް އަދި މިލާން ފަދަ ސިޓީތަކަށް ކަނެކްޝަން ފްލައިޓުތައް އެ އެއާލައިނުން ބާއްވަ އެވެ.

އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އިން ރާއްޖެ އާއި ލަންޑަން ހީތްރޯ އެއާޕޯޓާ ދެމެދު މިހާރު ދުވާލަކު އެއް ދަތުރު ބާއްވަ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15ގައި ބޯޑަރު ހުޅުވާލި ފަހުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 8،200 ފަތުރުވެރިން އިނގިރޭސިލިވާތުން ރާއްޖެ އައިސްފައިވެ އެވެ. މިއަހަރުގެ ތެރޭގައި އެގައުމުން ޖުމްލަ 38،285 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.

comment ކޮމެންޓް