އިންޑިއާއިން އިތުރު 13 ގައުމަކާއެކު އެއާ ބަބްލް ގާއިމް ކުރަނީ

އިންޑިއާގެ އަމްރިތްސާރުގައި ހުންނަ ގޯލްޑަން ޓެމްޕަލް ---

އިތުރު 13 ގައުމަކާއެކު ޓްރެވަލް ބަބްލް ގާއިމްކުރަން އިންޑިއާ އިން ނިންމައިފިއެވެ.

އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވީ ޓްރެވަލް ބަބްލް ގާއިމް ކުރުމަށް 13 ގައުމަކާއެކު ވާހަކަ ދައްކަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި އޮސްޓްރޭލިއާ އިޓަލީ، ޖަޕާން، ނިއުޒިލެންޑް، ނައިޖީރިއާ، ބަހްރެއިން، އިސްރާއިލް، ކެންޔާ، ފިލިޕީންސް، ރަޝިއާ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލެންޑް ހިމެނެއެވެ.

މީގެ އިތުރުުން އިންޑިއާއިން ވަނީ ލަންކާއާއި ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕާލްއާއި ބޫޓާން އާއެކު ވެސް އެއާ ބަބްލް ގާއިމް ކުރުމަށް ވާހަކަ ދައްކައިފައެވެ.

މިހާތަނަށް އިންޑިއާއިން ޓްރެވަލް ބަބްލް ގާއިމްކޮށްފައިވަނީ ރާއްޖެއާއި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަނު، ޔޫއޭއީ، ފްރާންސް އަދި ގަތަރާއެކުއެވެ.

އިންޑިއާއާ ރާއްޖެއިން ގާއިމްކޮށްފައިވާ ޓްރެވަލް ބަބްލްގެ ތެރެއިން އަންނަ ހަފްތާއިން ފެށިގެން އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރު ފަށާނެއެވެ.

comment ކޮމެންޓް