އިންޑިއާއިން ހިފެހެއްޓި ޕާކިސްތާނުގެ ކޮތަރު މިނިވަންކުރަން އެ ކޮތަރުގެ ވެރިމީހާ ގޮވާލައިފި އެވެެ.
ޕާކިސްތާނުން އައި އެ ކޮތަރު އިންޑިއާއިން ހިފަހެއްޓީ އެ ކޮތަރަކީ ޖާސޫސްކުރަން ފޮނުވި ކޮތަރެއް ކަމަށް ބުނެއެވެ.
އިންޑިއާގެ ފުލުހުން ބުނީ އެ ކޮތަރުގެ ފައިގައި ފައިގައި އަނގޮއްޓިއެއްއިން ކަަމަށާއި އަދި އޭގައި އެއްޗެއް ލިޔެފައިވާ ކަމަށެވެ. އަދި އެއީ ކޯޑެއް ކަމަށް ބެލެވޭތީ އެ "ކޯޑް" ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
އެ ކޮތަރުގެ ވެރި މީހާ ބުނީ އެ ކޮތަރުތައް އިންޑިއާ ސަރަހައްދަށް އުދުއްސާލީ އީދު ފާހަގަކުރުމުގެ ގޮތުން ކަމަށެެވެ. އެ މީހާ ދިރިއުޅެނީ އިންޑިއާގެ ބޯޑަރު ކައިރިން ހަތަރު ކިލޯ މީޓަރު ދުރުންނެވެ. އަދި އެ އަނގޮޓީގައި ލިޔެފައިވަނީ އޭނާގެ ފޯނު ނަންބަރުކަމަށް ވަނީ ބުނެފައެވެ.
އެ ކޮތަރަކީ ސުލްހައިގެ ނިޝާނެއް ކަަމަށާއި އަދި ކޮަތަރަށް އަނިޔާ ނުދިނުމަށްވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.
ޕާކިސްތާނުގެ "ޑޯން" ނޫހުން ބުނީ އެ ކޮތަރުގެ ވެރި މީހާއަކީ ހަބީބުއްލާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ ވަަރަށް ގިނަ ކޮތަރު ގެންގުޅޭ ކަމަށްވެސް ވަނީ ބުނެފަ އެވެެ.
އެ ކޮތަރު ހިފައިފައިވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އުޅުނު މީހެކެވެ. އަދި އޭނާ ފަހުން ވަނީ އެ ކޮތަރު ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މީގެ ކުރިން 2015 އަދި 2016 ވަނަ އަހަރުވެސް އިންޑިއާއަށް ވަން ކޮތަރެއް ޕާކިސްތާނުން ހިފެހެއްޓި އެވެ. -- ބީބީސީ