ކޮންސްޓްރަކްޝަން މަސައްކަތަކަށް އިންޑިއާއިން ރާއްޖެ ގެނައި 40 މީހަކު ހާލުގައި ޖެހިފައިވާކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރާއްޖޭގައި ތިބެ، ހާލުގައި ޖެހިފައިވާކަމަށް ބުނެ އެ މީހުން ވާހަކަދައްކައިފައިވާ ވީޑިއޯއެއް އިއްޔެވަނީ އިންޑިއާގެ ނޫސްތަކުގައި އާންމުކޮށްފައެވެ. ހަމައެއާއެކު އެ ގައުމުގެ ބައެއް ނޫސްތަކުގައި ވެސް އެ މީހުންގެ ވާހަކަ ރިޕޯޓުކޮށްފައިވެއެވެ.
މަނޯޖް ޕްރަދާން ނަމަކަށް ކިޔާ މީހަކު އިސްވެ ވާހަކަދައްކާ އެ ވީޑިއޯގައިވަނީ ކޮންސްޓްރަކްޝަން ކުންްފުނީގެ ފަރާތުން އެ މީހުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުން އަންނަކަމަށް ބުނެފައެވެ. އަދި އިންޑިއާ ސަރުކާރުގެ ކިބައިން އެދެނީ އެ މީހުން ސަލާމަތްކުރުމަށް ކަމަށް ބުނެފައެެވެ.
އެ މީހުން ވީޑިއޯގައި ބުނި ގޮތުގައި ރާއްޖެ އައިސް ތިބީ ރެނާޓަސް ކުންފުނީގެ މަސައްކަތަކަށެވެ.
އެ މީހުން ކިޔައިދިން ގޮތުގައި، އެޖެންޓެއް މެދުވެރިކޮށް އެ އެންމެން ރާއްޖެ ގެނައި ޖޫން، ޖުލައި ތެރޭގައެވެ. ރާއްޖެ ގެނައިއިރު އެ މީހުންނަށް ރަނގަޅު މުސާރައެއް ދޭނެކަމަށް ބުނިކަމަށް ވެސް އެ މީހުން ކިޔައިދިނެވެ.
ނަމަވެސް އެ މީހުންނަށް މިހާރު މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާއިރު، އެ ކަމާ ދެކޮޅަށް އަޑުއުފުލުމުން ކުންފުނިން އެ މީހުންނަށް ބިރު ދައްކައި، އެ އެންމެން އެކޮމޮޑޭޝަން ތެރޭގައި ބަންދުކޮށްފައިވާކަމަށް އެ މީހުން ބުންޏެވެ.
ހަމައެއާއެއެކު އެ ތަނުން ކަރަންޓު ވެސް ކަނޑައިލައިފައިވާ ކަމަށް އެ މީހުން ބުނެފައިވެއެވެ.
"އަހަރެންގެ ދަރިފުޅާއި، އަދި ހަމަ މި އަވަށުން އަށް މީހަކު މީގެ ހަ މަސް ކުރިން ރާއްޖެ ދިޔައީ އެ ތަނުން ރަނގަޅު ފުރުސަތުތައް ލިބޭނެ ކަމަށް އުންމީދުކޮށްގެން. އޭނާއަށް ލިބުނީ ހަމައެކަނި ފުރަތަމަ މަހުގެ މުސާރަ. ދެން އިތުރު އެއްޗެއް ނުލިބޭ،" އާންމުވި ވީޑިއޯގައި ވާހަކަދެއްކި މަނޯޖް ޕްރަދާންގެ މަންމަ އަހަލްޔާ ޕްރަދާން ޓައިމްސް އޮފް އިންޑިއާއަށް ކިޔައިދިނެވެ.
އިއްޔެ އެ މީހުންގެ އާއިލާތަކުން ވަނީ ޗަތުރަޕޫރު އަވަށުގެ ޑިސްޓްރިކްޓް ލޭބާ އޮފިސަރު (ޑީއެލްއޯ) ބަރްޝާ ޖެނާއާ ބައްދަލުކޮށްފައެވެ. އޭނާ ވަނީ އެ މައްސަލަ ބެލުމަށްފަހު ޑިސްޓްރިކްޓް ސަރުކާރު މެދުވެރިކޮށް މައި ސަރުކާރަށް އެ ކަން އަންގާނެކަމުގެ ޔަގީންކަން ދީފައެވެ.
މީގެ ކުރިން ވެސް އިންޑިއާގެ މަސައްކަތްތެރިންތަކެއް ހާލުގައި ޖެހިގެން، މައްސަލައެއް ފެންމަތިވެފައިވެއެވެ.
comment ދދ
4 month 4 week ago
ޢުޖޫރަ ވެރިން ހާލުގައި ޖައްސާ އިހާނެތިކޮށް ކަންކުރުނަކީ ވަރަށް ބޮޑު ފާފައެއް، ޢުޖޫރަވެރިން ނަށް އެމީހުންގެ ގައިން އޮހޮރުނު ދާ ހިކުމުގެ ކުރިން އުޖޫރަދޭން އޮންނަނީ ، ޢުޖޫރަށް ވެރިންނަށް ކަމޭހިތާ ހެޔުކޮށް ހިތަންޖެހޭ ، ﷲ އަޅަމެނަށް ހިދާޔަތު ދެއްވާށި، އެންމެ ތަކުންގެ ފާފަފުއްސަވާ ހެޔުރަހުމަތް ލައްވާށި !
comment ފެސް
4 month 4 week ago
ހީނުވެދާނެ އެކަމަކު މިކަހަލަ ކަންކަމަކީވެސް އެޗްޑީސީގެ ދޯދިޔާ ކަމާ ކޮރަޕްޝަން ތަކުގެ އަލަމާތްތައް.
comment ނަން ނަން
4 month 4 week ago
ދައުލަތުގެ ލާރިން އަވަހަށް އިންޑިޔާގެ ހާލުގަޖެހިފަ ތިބި މީހުންނަށް މުސާރަ / އެހީ / އެލެވާސް ދޭން އުޅޭ
comment ހަމްބަންގޯޓާ
4 month 4 week ago
ރެނާޓަސް އަކީ ދިވެހި ކުންފުންޏެއް ކަމެއް ނުދަނެހުރިން