ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިނުމަށް ތާވަލްކުރި ވަރުގަދަ ފިލްމު "ނޮވެމްބަރު" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުނީ ފިލްމު ރިލީޒްކުރުން ފަސްކުރީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ބަލި ކޮވިޑް19 އާ ގުޅިގެން ކަމަށެވެ. ކޮވިޑް19ގެ ސަބަބުން ސިނަމާތައްވެސް ވަކި މުއްދަތެއްނެތް ގޮތަށް ބަންދުކޮށްފައިވާއިރު ސިނަމާތައް އަލުން ހުޅުވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.
ނޮވެމްބަރު ރިލީޒްކުރަން ނިންމީ ޖުލައި ހައެއްގައެވެ. ނަމަވެސް ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ތާވަލްކޮށްފައިކަމަށްވެސް މޮގާ ވަނީ ބުނެފައެވެ.
މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ.
އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމަކީ ޖުމައްޔިލް އާއި މަޖުދާ ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސްމެއެވެ. ފިލްމު ނޮވެމްބަރަކީ މޮގާގެ ޑްރީމް ޕްރޮޖެކްޓެކެވެ. އެ ފިލްމުގައި ޖުމަލް އާ މަޖޫ ހިމަނަން ބޭނުންވީ އެދެތަރިންގެ ކެމިސްޓްރީ ރަނގަޅުކަމުން ކަމަށް ވެސް މޮގާ މީގެ ކުރިންވަނީ ބުނެފައެވެ.
comment ވަރަށް
5 year 9 month ago
މީއަޅެ އިސްލާމްދީން އޮންނަ ގައުމެއްތަ... ކޮބާތަ ވަރުވަރުން މިނިސްޓުރީތަކަށް ލާފައިތިބޭ މީހުން، މިފާޑުގެ ފޮޓޯތަކާއި އެކު ފިލްމު ރިލީސްކުރާއިރު.... ހަމަ އޯކޭ........