ރާއްޖެއާ އެކު 80 މަންޒިލަކަށް ގަތަރު އެއާވޭސްގެ ދަތުރުތައް ފަށަނީ

ގަތަރު އެއާވޭސްގެ ފްލައިޓެއް ވީއައިއޭގައި ---

ރާއްޖެ ހިމެނޭގޮތަށް 80 މަންޒިލަކަށް ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

އެގޮތުން މި އަހަރުގެ ޖޫން 30 އިން ފެށިގެން ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން އަޅާފައިވާ ޓްރެވަލް ރެސްޓްރިކްޝަންތަކަށް އެހާތަނަށް ލުއި ދޭނެ ކަމަށް ލަފާކޮށްފަ އެވެ.

އެގޮތުން ޔޫރަޕުގެ 23 މަންޒިލަކާއި އެމެރިކާ ބައްރުގެ ހަތަރު މަންޒިލަކަށް އަދި މެދު އިރުމަތި/އެފްރިކާ ސަރަހައްދުން 20 މަންޒިލަކަށް އަދި އަަދި އޭޝިއާ ޕެސިފިކްގެ 33 މަންޒިލަކަށް ދަތުރުތައް ފެށުމަށް އެ އެއާލައިނުން ދަނީ ތައްޔާރު ވަމުންނެވެ.

ކޮވިޑް19 ގެ މިހާލަތުގައިވެސް އެ އެއާލައިނުން ދަނީ އެކި ގައުމުތަކުގައި ތިބި ޕަސިންޖަރުން އެމީހުންގެ ގައުމަށް އެނބުރި ދެވޭނެ ގޮތެއް ފަހިކޮށްދިނުމަށް ފްލައިޓުތައް ބާއްވަމުންނެވެ. މިހާރުވެސް 30 މަންޒިލަކަށް އެ އެއާލައިނުގެ ދަތުުރުތައް ބާއްވާއިރު މިލިއަނެއްހައި ފަސިންޖަރުން އުފުލާފައި ވެއެވެ.

ގަތަރު އެއާލައިނުން މީގެ ކުރިން ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު ތިން ފްލައިޓު ބޭއްވި އެވެ. ޔޫރަޕާއި މެދުއިރުމަތީގެ ފަތުރުވެރިން ރާއްޖެ އުފުލާ ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާނެކަން އިއުލާނު ކުރިއިރު، ރާއްޖޭގެ އިގްތިސާދު ޖުލައި މަހުން ފެށިގެން ހުޅުވާލާނެ ކަމަށް ސަރުކާރުންވެސް ވަނީ ހާމަކޮށްފަ އެވެ.

https://sun.mv/136168

comment ކޮމެންޓް