އިއްތިހާދު އެއާވޭޒްގެ ދަތުރުތައް އަންނަމަހު 16 ގައި ފަށަނީ

އިއްތިހާދު އެއާވޭސްގެެ ފްލައިޓެއް ---

ކޮރޯނާ ވައިރަަސް އާއި ގުޅިގެން ދަތުރުތައް ހުއްޓާލާފައި އޮންނަމަވެސް އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އިއްތިހާދު އެއާ އިން ވަނީ އަބޫދާބީގެ ސަރުކާރާއެކު މަޝްވަރާކޮށް، ލިމިޓެޑް ޝެޑިއުލެއްގައި ދަތުރުތައް ބޭއްވުމާގުޅޭގޮތުން ވާހަކަ ދައްކައިފައެވެ.

"ޓާގެޓަކީ ބަލީގެ ކަންތަކުން އަރައިގަނެވި ވީހާވެސް އަވަހަކަށްް ފުލް ޝެޑިއުލްގައި ދަތުރުތައް ފެށުން. މިހާރު ޓާގެޓަކީ 16 ވަނަ ދުވަހުން ފެށިގެން ލިމިޓެޑް ޝެޑިއުލެއްގައި އަލުން ފްލައިޓު އޮޕަރޭޓު ކުރަން ފެށުން" އިއްތިހާދުން ބުންޏެވެ.

އިއްތިހާދު އެއާވޭސް އިން ދަނީ ޔޫއޭއީގައި ތާށިވެފައި ތިބި އެހެން ގައުމުތަކުގެ މީހުން އެމީހުންގެ ގައުމަށް ގެންދިޔުމަށް ހާއްސަ ފްލައިޓުތަކެއް ބާއްވަމުންނެވެ. މި ދަތުރުތައް އަންނަ މަހުގެ 15 އާއި ހަމައަށް ބާއްވަން ވަނީ ނިންމައިފައެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ދާއިރާ އަކީ އޭވިއޭޝަން ދާއިރާއެވެ. މުޅިދުނިޔޭގެ ވައިގެ ދަތުރުތައް އެކީހެން ހުއްޓި، ފްލައިޓުތައް ޕާކުކޮށްފައިވާއިރު އެއާލައިންތަކަށް ވަނީ ބިލިއަނުން ގެއްލުން ވެފައެވެ.

comment ކޮމެންޓް