އުއްތަމަފަނޑިޔާރުގެ އިނާޔަތްތަކާއި ސެކިއުރިޓީ ކަނޑައެއް ނުލަން: ޑީޖޭއޭ

އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ދައުލަތުން ފޯރުކޮށްދެމުން ގެންދާ ސެކިއުރިޓީ އަދި އިނާޔަތްތައް މެދުކަނޑާލާފައި ނުވާނެކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

އުއްތަމަފަނޑިޔާރަށް ފޯރުކޮށްދޭ ސެކިއުރިޓީއާއި އިނާޔަތްތައް ކަނޑާލާފައިވާކަމަށް ބުނެ ދާދި ފަހުން ވަނީ އަޑުތަކެއް ފެތުރިފައެވެ.

މިރޭ ޑީޖޭއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އުއްތަމަފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓ ީއަދި އިނާޔަތްތައް މެދުކަނޑާލާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް ހަގީގަތާ ހިލާފު ކަމަށެވެ.

"އުއްތަމަފަނޑިޔާރުގެ ސެކިއުރިޓީ އަދި އެހެނިހެން ޢިނާޔަތްތައް ދައުލަތުން ފޯރުކޮށްދެމުންދާ ވާހަކަ ދަންނަވަން،" ޑީޖޭއޭއިން ބުންޏެވެ.

އެމްއެންޑީއެފްއިންވެސް މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މުއައްސަސާއިން އުއްތަމަފަނޑިޔާރަށް ފޯރުކޮށްދެމުންދާ ސެކިއުރިޓީއާއި އެހެނިހެން ހިދުމަތްތައް ކަނޑާލާފައި ނުވާ ކަމަށެވެ.

https://sun.mv/127296

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހަށް ސަސްޕެންޑުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

އެކަމާ ގުޅިގެން މިރޭ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން އެމަނިކުފާނާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ނިންމި ނިންމުން ގާނޫނާއި ހިލާފު ކަމަށާއި އެ ނިންމުން ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް