މޮޑެލް އެވެލެން އެންގޭޖްވެއްޖެ

އެވެލެން އާއި އޭނާގެ ލޯބިވެރިޔާ---

އިންޑިއާ އަދި ޖަރުމަނުގެ މޮޑެލް އަދި ބަތަލާ އެވެލެން ޝަރްމާ، 33، އެންގޭޖްވެއްޖެ އެވެ.

އޭނާ އެންގޭޖްވީ އޭނާގެ ލޯބިވެރިޔާ ޑެންޓަލް ސާޖަން ތުޝާން ބިންދީ އާ އެވެ. އެ ދެ މީހުން އެންގޭޖްވީ ޔޮޓެއްގަ އެވެ. އެންގޭޖްވުމަށް ފަހު އޭނާ ވަނީ ފޮޓޯތައް އިންސްޓަގްރާމްކޮށްފަ އެވެ.

އެވެލެން އެންގޭޖްވުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

"ތުޝާން އަށް އެނގޭ އަހަރެންނަށް އެންމެ ކަމުދަނީ ކިހިނެއް ޕްރޮޕޯސްކުރީމަ ކަން. އޭނާ އަކީ ވަރަށް ރޮމޭންޓިކް މީހެއް. ހަމަ ޑްރީމް ކަމް ޓްރޫ. ހަމަ އެންމެ ބޭނުންވި ގޮތަށް އޭނަ ޕްރޮޕޯސްކުރީ ވެސް،"

އެވެލެން ބުނީ އެންގޭޖްވި ނަމަވެސް ކައިވެނިކުރާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށެވެ. ކައިވެނިކުރަން ވަކި ތާރީހެއް ހަމަޖެހުމުން އެކަން ވެސް އިއުލާންކުރާނެ ކަމަށް އޭނާ ބުންޏެވެ.

ތުޝާން އާއި އެވެލެން އެންމެ ފުރަމަ ދިމާވީ ބްލައިންޑް ޑޭޓަކުންނެވެ. އޭނާ ވަނީ ބޮލީވުޑްގެ ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ" އިން ފެނިގެން ގޮއްސަ އެވެ.

comment ކޮމެންޓް