ޑާކްރެއިންގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރު"ގެ ޝޫޓިން ފަށައިފި

ޑާކްރެއިންގެ އާ ފިލްމު "ނޮވެމްބަރ" ގެ ޝޫޓިން ވަނީ ފަށާފައި---

ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރު"ގެ ޝޫޓިން ފަށައިފިއެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިންތައް މާލޭގައި ނަގަން ފެށިއިރު ފިލްމުގެ ބައެއް މަންޒަރުތައް އަތޮޅުތެރޭގައި އާއި ސިންގަޕޫރުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

އަންނަ އަހަރު ސްކްރީންކުރުމަށް އަމާޒު ހިފާފައިވާ އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މޮގާ ބުނީ ނޮވެމްބަރަކީ ތަފާތު ބޮޑު ޕްރޮޖެކްޓެއް ކަމަށާއި ފިލްމުގެ ޝޫޓިން ނިންމަން ދުވަސް ނަގާނެކަމަށެވެ.

ނޮވެމްބަރުގެ ޝޫޓިން މިހާރު ވަނީ ފަށާފައި--- ފޮޓޯ ޑާކްރެއިން

"އަބަދުވެސް މަސައްކަތް މިކުރަނީ އެއް ފިލްމަށް ވުރެ އަނެއް ފިލްމު ތަފާތުކުރަން. ތަފާތު އެކި ޖޯންރާތަކަށް ފިލްމު ގެނެސްދޭން،"

ފިލްމުގައި ގިނަ އަދަދެއްގެ އާ ތަރިން ފެނިގެންދާނެ ކަމަށް މޮގާ ބުންޏެވެ.

comment ކޮމެންޓް