އިންޑިއާގެ ފްލައިޓްތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާމެދު ވިސްނަމުންދާކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ޕާކިސްތާނުގެ ޓެކްނޮލޮޖީ މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ އިންޑިއާގެ ޕްލައިޓްތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމަށް އިއްޔެ ކެބިނެޓުގައިވެސް މަަޝްވަރާކޮށްފައިވާ ކަަމަށެވެ.
އިންޑިއާގެ ފްލައިޓްތައް ޔޫރަޕަށާއި އެމެރިކާއަށާއި މެދު އިރުމައްޗަށް ދަތުރުކުރުމަށް މިހާރުވެސް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރެ އެވެ.
ޕާކިސްތާނުން މިދިޔަ ފެބްރުއަރީ މަހުވެސް އިންޑިއާގެ ޕްލައިޓްތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ. ނަމަވެސް މިދިޔަ މަހު ވަނީ ވައިގެ ސަރަަހައްދު އަލުން ހުޅުވާލައިފަ އެވެ.
ނަމަވެސް ދެ ގައުމުގެ ދެމެދުގައި މައްސަލަ އަނެއްކާވެސް ގޯސްވީ ދާދި ފަހުން އިންޑިއާއިން އެގައުމުން ކޮންޓްރޯލް ކުރާ ފަޅިއަށް ދީފައިވާ އޮޓޯނަމީ ބާތިލްކޮށް މައި ސަރުކާރުގެ ދަށަށް ގެންނަން ނިންމުމުންނެވެ.
ޓެކްނޮލޮޖީ މިނިސްޓަރު ފަވާދު ކުރި ޓުވީޓުގައި ބުނީ އެ ހުރިހާ މައްސަލަތަކެއް ފެށީ މޯދީ ކަމަށާއި އަދި އެ މައްސަލަތައް ނިންމާނީ ޕާކިސްތާނުން ކަމަށެވެ.
ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނުންވެސް މިލްކުވެރިކަމަށް ދައުވާ ކުރަމުން އަންނަ ސަރަހައްދެކެވެ.
އިންޑިއާއިން ކަޝްމީރުގެ އޮޓޯނަމީ އުވާލި މައްސަލައިގައި އދ. އަށް އެ މައްސަލަ ހުށަހެޅުމަށްވެސް ޕާކިސްތާނުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.