ހުޅުމާލެ ފަޅުގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައި ދެ މީހަކަށް މީހަކު ވަރަށް ބޮޑަށް ފިހިގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ، އެންސްޕާގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ފަޅުގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައިގެން ދެ މީހަކު ގެނެސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. ދެ މީހުންގެ ގައިގެ އެކި ތަންތަން ވެސް ފިހިފާވައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭ ލަކުނޑި ޖެޓީގައި އޮތް އެމްޓީސީސީގެ "އެކްސްޕްރެސް1" ލޯންޗްގައި އެއްޗެއް ގޮވީ، ޕެޓްރޯލް ޕަމްޕް ސުވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި އޭގެ ބެޓްރީ ގޮވައިގެން ކަމަށެވެ. ތިން މީހަކަށް އެކި ވަރުގެ އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ވެސް ބުނެ އެވެ. އަނެއް މީހާ ނުއެއް ފިހެ އެވެ.

comment ކޮމެންޓް