ޗެކް-އިން ސޮފްޓްވެއާ އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއާ އިންޑިއާގެ 155 ފްލައިޓެއް ޑިލޭ ވެއްޖެއެވެ.
ފަސް ގަޑިއިރަށްވުރެ ގިނައިރު ވަންދެން ސޮފްޓްވެއާ ޑައުންވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުދުހެން އޮތް އެއާ އިންޑިއާގެ ފްލައިޓުތައް ވަނީ ޑިލޭ ވެފައެވެ.
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ އެއާލައިނުގެ ޕެސެންޖާ ސާވިސް ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. ނަމަވެސް ރޭ މެންދަމު 3:30 އިން ފެށިގެން ހެނދުނު 8:45 އާއި ހަމައަށް ސޮސްޓްވެއާ ޑައުންވެފައިވާތީ، ޑިލޭވި ފްލައިޓުތައް ހަމައަކަށް އަޅުވަން ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހެނދުނު 10 އާއި ހަމައަށް އެއާއިންޑިއާގެ 85 ފްލައިޓެއް ވަނީ ޑިލޭ ވެފައެވެ. އެންމެ ބޮޑަށްް އަސަރުކޮށްފައިވަނީ އެއާ އިންޑިއާގެ ޑޮމެސްޓިކް ފްލައިޓު ތަކަށެވެ.
ސޮފްޓްވެއާ އަށް ދިމާވި މައްސަލަ ހައްލުކޮށް ފްލައިޓުތަކުގެ ދަތުރުތައް މިހާރު ވަނީ ފަށައިފައެވެ. މިިދިޔަ އަހަރުގެ ޖޫންމަހުވެސް އެއާ އިންޑިއާގެ ޗެކްއިން ސޮފްޓްވެއާ އަށް މައްސަލައެއް ދިމާވެ 25 އަށް ވުރެ ގިނަ ފްލައިޓު ޑިލޭވިއެވެ.