ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަންއިން ތަހުގީގް ކުރަމުންދާ މައްސަލައެއްގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓް ސާމާނުތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިއަދު ހެނދުނު އޭނާ ހުޅުމާލެއިން މާލެއަށް އަންނަ ޓެކްސީއެއްގައި އަންނަނިކޮށް ޓްރެފިކް ލައިޓްގައި މަޑުކޮށްގެން ހުއްޓާ ކަމަށެވެ.
އަދި އެ ޓެކްސީ ހުއްޓުވާ ބެލިއިރު އޭގެ ތެރޭގައި ހުރި ފުޅިމަދު ފޮށި ތަކެއްގެ ތެރެއިން ކަރަންޓު ސާމާނު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބުރުމާއާއި ރޮންދާ ކަރަންޓް މަސައްކަތްކުރުމުގައި ގެންގުޅޭ ގިނަ ސާމާނު ހިމެނެއެވެ.
ފުލުހުން ބުނީ އެ ތަކެތި ހުޅުމާލޭގެ ގެއަކުން ވަގަށް ނަގައިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.