ގުރޫޕު ހަދައިގެން ވަޅިން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި 4 ޒުވާނުން ބަންދުކޮށްފި

ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން: މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހަތަރު މީހަކުވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ

ގުރޫޕު ހަދައިގެން ވަޅިން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ދިވެހި ހަތަރު ޒުވާނުން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދު އަމުރުތަކެއްގައިވާ ގޮތުން، ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގަން އުޅުމާއި ތޫނު ހަތިޔާރު ގެންގުޅެފައިވާ ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ:

  • ގދ. ދެއްވަދޫ، ނަރުގިސްވިލާ އުމުރުން 30 އަހަރުގެ ހައިޝަމް ހުސައިން
  • ގދ. ފިޔޯރީ، ފިނިވިލާގޭ އުމުރުން 34 އަހަރުގެ އަޙްމަދު ރަޝީދު
  • ގއ. ދާންދޫ، އަރޫރާގޭ އުމުރުން 21 އަހަރުގެ އިބްރާހިމް ތޫހީން އަޝްރަފް
  • ކ. މާލޭ، ދަފްތަރު ނަމްބަރު ރސ 2260 އުމުރުން 32 އަހަރުގެ މައުސޫމް މުޙައްމަދު ދީދީ

އެ ހަތަރު މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ބަންދު އަމުރުގައިވާ ގޮތުން މި ހަތަރު މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ހަތަރު މީހުންނެވެ. އަދި މީގެ ތެރެއިން އިބްރާހިމް ތޫހީން އަޝްރަފަކީ އުމުރުން 18 އަހަރު ވެސް ނުވަނީސް ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް އޭނާގެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ކޯޓު އަމުރުގައި، މި މާރާމާރީއަކީ ގިނަ ބަޔަކު ރާވައިގެން ކުރުމަށް ރާވާފައިވާ ކަމެެއް ކަމަށް ފާހަގަކޮށްފައިވާއިރު އެ މީހުން ތިބި ތަނުން ދެ ވަޅި ފެނިފައިވާ ކަމަށް އައިއޯ ބުނެފައިވާ ކަމަށްވެސް ލިޔެފައިވެއެވެ.

comment ކޮމެންޓް