ރާއްޖޭގައި އެންމެ އާންމު ކެންސަރުތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރު ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2016 ވަނަ އަހަރު އެންސްޕާ އަދި އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ގިނައީ އަނގައިގެ ކެންސަރު ކަމަށެވެ.
އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގިނައިން ދުފުމާއި ސުޕާރީ ފަދަ ތެކެތި ކެއުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އާބަދީގެ ނިސްބަތުން ވެސް އަނގައިގެ ކެންސަރު އެންމެ ގިނައީ ރައްޖޭގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެެވެ.
"ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުގެ ތެރޭގައި އަނގައިގެ ކެންސަރު ޕްރޮސްޓޭޓް ކެންސަރު ބަނޑުގެ ކެންސަރު ފުއްޕާމޭގެ ކެންސަރު ހިމެނޭ. އަންހެނުންނަށް ޖެހެނީ އުރަމަތީގެ ކެންސަރު އަނގައިގެ ކެންސަރު ތައިރޮއިޑް ކެންސަރު ބަނޑުގެ ކެންސަރާއި ލޭގެ ކެންސަރު." އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޑަބިލިއު އެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ އަހަރު ދުނިޔޭގައި 9.6 މިލިއަން މީހުން ވަނީ ކެންސަރު ބަލީގައި ބަރުވެފަ އެވެ.
ކެންސަރު ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކެންސަރު ޖެހޭ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީން ކޮށްދިނުން މިއަދު އެކަކުން ހަވީރު ހަތަރަކަށް އައިޖީއެމްޗުގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.