މީޑިއާ ކައުންސިލް މެމްބަރަކަށް ވުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ދައުރު ހަމަވާ މެމްބަރުކަމުގެ މަގާމަށް މިހާރު ވަނީ ހުޅުވާލައިފަ ---

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

މިޑިއާ ކައުންސިލްގެ މެމްބަރަކަށް ކުރިމަތިލުމަށް ހުޅުވާލައިފައި މި ވަނީ އަންނަ އަންގާރަ ދުވަހަށް އެ ކައުންސިލްގެ މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެވެ.

ހޯމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާންގައި ބުނެފައިވަނީ އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މީޑިއާތަކުން، މި މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުން އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން ހިމެނޭގޮތައް މުޅި ޖުމްލަ 15 މެމްބަރުންނެވެ. ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.

މިދިޔަ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ވަނީ އާ ކައުންސިލެއް އިންތިހާބުކޮށްފައެވެ. އޭރު އިންތިހާބުކޮށްފައިވަނީ މީޑިއާތަކުން ހަތް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރުންނާއެކު މުޅި ޖުމްލާ 14 މެމެބަރުންނެވެ.

comment ކޮމެންޓް