ލިންޒީ ލޯހަންއަށް ދޮންފަނު ވަރަށް ކަމުގޮސްފި، އެއީ ކާކުކަން މީހުންނަށް ނޭނގުނު!

ލިންޒީ (ވ) އޭނާގެ ކޮއްކޮ އަލީ (ކ) އަދި ދޮންފަނުގެ އަންހެން ދެކުދިންނާއެކި--- ފޮޓޯ: ލިންޒީ/ އިންސްތަގްރާމް

ޗުއްޓީއަށް މިހާރު ރާއްޖެ އައިސް އުޅޭ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ލިންޒީ ލޯހާން ބ. ދޮންފަނަށް ޒިޔާރަތްކޮށް، އެރަށުގެ ރައްޔިތުންނާއެކު ވަގުތު ހޭދަކޮށްފިއެވެ.

ދުނިޔޭގެ މަޝްހޫރު ތަރިން ރާއްޖެ ޒިޔާރަތްކުރިނަމަވެސް އާންމުކޮށް ރަށްރަށަށް ގޮހެއް ނޫޅެއެވެ. އެމީހުންގެ މުޅި ދަތުރު ހޭދަކުރަނީ ކޮންމެވެސް އަގު ބޮޑު ރިސޯޓެއްގައި އެހާވެސް "ޕްރައިވަސީ" އާއެކުއެވެ.

"މީން ގާލްސް"އާއި "ޖަސްޓް މައި ލަކް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބަތަލާ ލިންޒީއަކީ ވަރަށް ތަފާތު ތަރިއެކެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރުމަށް ފަހު އޭނާގެ ޝައުގުވެރިވީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަލާލުމަށެވެ.

ލިންޒީ ދޮންފަނުގެ ގެއެއްގެ ކުރިމަތީގައި---ފޮޓޯ: ލިންޒީ

ލިންޒީ އޭނާގެ ކޮއްކޮއާއެކު ދޮންފަނުގައި--- ފޮޓޯ: ލިންޒީ

"މިއަދު އަހަރެންނަށް ބައްދަލުވެއްޖެ ދޮންފަނުގެ ރީތި ދެ އަންހެންކުދިންނާ. މިއީ ވަރަށް ހިތްގައިމުކަމެއް." އެ ރަށުގެ އުނދޯއްޔެއްގައި އޭނާ އިނދެ ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ލިޔެފައިވެއެވެ.

ލިންޒީއާއެކު ކޮއްކޮ އަލިއާނާ ލޯހާންވެސް މި ދަތުރުގައި ބައިވެރިވެއެވެ. އޭނާގެ ކޮއްކޮ ބުނީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން އެއްގޮތަކަށްވެސް އެއްގޮތަކަށްވެސް ރިސޯޓުން ބޭރަށް ނުކުމެ ނަހަދާ ކަމަށެވެ.

"ލިންޒީއާ އަހަރެން ބޭނުންވީ ރާއްޖޭގެ ސަގާފަތް އެނގެން. އެހެންވެ އެ ރަށަށް ޒިޔާރަތްކުރީ،" ބ. އަތޮޅުގެ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ލިންޒީއާއެކު ރާއްޖެ އައި އޭނާގެ ކޮއްކޮ އަލިއާނާ އިންސްޓަގްރާމުގައި ބުންޏެވެ.

ލިންޒީއާ އޭނާގެ ކޮއްކޮ ވަނީ ދޮންފަނުގެ ގޭގެއަށް ގޮސް ރަށުގެ ރައްޔިތުންނަށް ހަދިޔާވެސް ބަހައި ހަދައިފައެވެ. އެ ގޭގެއަށް ޒިޔާރަތްކުރިއިރު އެންމެ ބޮޑަށް ފާހަގަވީ ދެ މީހުންވެސް އަޅައިގެން ހުރި ހެދުމެވެ. އޭދު ދެމީހުން ތިބީ އިސްތަށިގަނޑުވެސް ނިވާކޮށްގެންނެވެ.

ލިންޒީ ދޮންފަނަށް ކުރި ދަތުރުގައި އެރަށުގެ ސްކޫލު ކުރިމަތީ ނަގާފައިވާ ފޮޓޮއެއް-- ފޮޓޯ: ލިންޒީ

ލިންޒީއާއީ އޭނާގެ ކޮއްކޮއަށް ރާއްޖޭގެ މީހުންގެ ދިރުއުޅުމުގެ ވައްޓަފާޅިވެސް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. ދޮންފަނުގެ ގެއެއްގައި އަންނައުނު ދޮވެފައި ރޯނެއްގައި ހިއްކަން އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އަލީ ލޯހާން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭގެ އިތުުރުން އެ ރަށުގެ ސްކޫލާއި ބަނދަރު މަތީގައި ނަގާފައިވާ ފޮޓޯތަކެއްވެސް އިންސްޓަގްރާމަށް ލިއެވެ.

View this post on Instagram

“Do not look at the sombre side of life, But at its bright side at every moment.” - Sri Chinmoy

A post shared by Aliana Lohan (@alianalohan) on

ދޮންފަނުގައި ދިރިއުޅޭ ރައްޔިތަކު "ސަން" އަށް ބުނީ ލިންޒީއާއި ކޮއްކޮ އަލިއާނާ އެ ރަށަށް އައީ އިއްޔެ މެންދުރު ކަމަށެވެ. އަދި އޭނާ ރަށުގައި އުޅުނީ އެ ރަށަށް އަންނަ އާދައިގެ ފަތުރުވެރިންވެސް އުޅޭހެން ކަމަށެވެ. އަދި އެއްވެސް ވަރަކަށް ބޮޑާކަމެއް ލިންޒީގެ ކިބައިން ނުފެންނަ ކަމަށްވެސް އޭނާ ބުންޏެވެ.

View this post on Instagram

#goodvibes ????????????

A post shared by Lindsay Lohan (@lindsaylohan) on

ލިންޒީ އެ ރަށަށް ކުރި ދަތުރުން އެންމެ ބޮޑަށް ހައިރާންވާ ކަމަކީ އެރަށުގެ މީހުންނަށް އެއްގޮތަކަށްވެސް އެއީ ކާކުކަމެއް ނޭނގުމެވެ.

"އޭނާ އެ ރަށުން ފުރައިގެން ގޮސް ސޯޝަލް މީޑިއާގައި ފޮޓޯތައް އެނބުރޭތަން ފެނުނީމަ އެނގުނީވެސް ކާކުކަން،" ދޮންފަނުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

ލިންޒީ، ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ގޮސް އުޅޭއިރު އެގައުމުތަކުގެ މީޑިއާތަކުގެވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބެއެވެ. ނަމަވެސް ރާއްޖޭގައި ވަރަށް "މިނިވަންކަމާއެކު" އާދައިގެ މީހުން އުޅޭހެން އުޅެލަން ލިބުމުގެ ފުރުސަތު ލިންޒީއަށް ލިބުނެވެ. އިންސްޓަގްރާމަށް ލިންޒީ އަދި އޭނާގެ ކޮއްކޮ ދޫކޮށްލައިފައިވާ ފޮޓޯތަކާއި ވާހަކަތަކުން އެކަން ކިތަންމެ ރީއްޗަށްވެސް އެނގެއެވެ. އެ މަންޒަރުތައް އޭނާ ސިފަކޮށްފައިވަނީ " ލައިފް މޮމެންޓްސް"ގެ ގޮތުގައެވެ.

comment ކޮމެންޓް