ވަޓްސް އެޕުން މެސެޖު ފޯވާޑުކުރެވޭ މިންވަރު ލިމިޓްކޮށްފި

ދޮގު ހަބަރު ފެތުރުމާ ދެކޮޅަށް ވަޓްސް އެޕް އިން އިންޑިއާގައި ހިންގާ ކެމްޕެއިން ---

ވަޓްސް އެޕު މެދުވެރިކޮށް ފަސް ފަހަރަށް ވުރެ އިތުރަށް އެއް މެސެޖެއް ފޯވާޑް ނުކުރެވޭ ގޮތަށް ހަދައިފި އެވެ. މީގެ ކުރިން ވަޓްސް އެޕް މެސެޖެއް 20 ފަހަރު ފޯފާޑް ކުރެވެ އެވެ.

މިގޮތަށް ހަދާފައި މިވަނީ ވަޓްސް އެޕް ބޭނުންކޮށްގެން ދޮގު ހަބަރު ފަތުރާ މިންވަރު އިތުރުވެފައިވާތީ އެވެ.

މީގެ ހަ މަސް ކުރި ވަޓްސް އެޕް އިން ވަނީ މި ފީޗާ އިންޑިއާ އަށް ތައާރަފު ކޮށްފަ އެވެ. ތެދު ނޫން މައުލޫމާތާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތައް ވަޓްސް އެޕް މެދުވެރިކޮށް ފެރުރުމަކީ އިންޑިއާގައި ބޮޑުވެފައި އޮތް މައްސަލައެކެވެ.

ކޮންޓެންތު ވައިރަލް ވިޔަ ނުދިނުމަށާއި ފޭކް މެސެޖު ފޮނުވުން ހުއްޓުވުމަށް އަދި ވެސް ފިޔަވަޅުތައް އަޅާނެކަމަށް ވަޓްސް އެޕުން ވަނީ ބުނެފަ އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސް އެޕުން މެސެޖު ފޮނުވޭ މިންވަރު ލިމިޓްކޮށްފައި މިވަނީ ފޭސްބުކްގައި ހިންގާ ޕޭޖުތަކުގެ ތެރެއިން ފޭކް ހަބަރުތައް ފަތުރާ 500 އަށްވުރެ ގިނަ ޕޭޖު ޑިލީޓްކޮށްލާފައި ވަނިކޮށެވެ.

comment ކޮމެންޓް