ސިޔާމް-މައުރޫފް ސޮކަރ ކަޕް: 3 ޓީމެއް ސެމީން ޖާގަ ކަށަވަރު ކޮށްފި

ސިޔާމް މައުރޫފް ކަޕުގައި ހެނބަދޫ އާއި މާޅެންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --

ސިޔާމް މައުރޫފް ކަޕުގެ ގްރޫޕް އޭ އިން ކެނދިކުޅުދޫ އާއި ހެނބަދޫ އަދި ގްރޫޕް ބީ އިން ހޮޅުދޫ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ. ސެމީއަށް ދަތުރު ކުރާ ހަތަރު ވަނަ ޓީމު ކަށަވަރު ވާނީ މިއަދާއި މާދަމާ ކުޅޭ މެޗުތަކަށް ފަހުއެވެ.

ގްރޫޕް އޭގެ ހުރިހާ މެޗުތަކެއް ކުޅެ ނިމިފައިވާ އިރު، މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫއަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ހެނބަދޫއަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.

ކެނދިކުޅުދޫ ވަނީ ގްރޫޕް އޭގެ ޓީމުތަކުގެ ތެރެެއިން، ހެނބަދޫ، މިލަދޫ އަދި މަނަދޫ ބަލިކޮށްފައެވެ. މާޅެންދޫ އާއި މަގޫދޫ އަތުން އެ ޓީމު ވީ އެއްވަރެވެ.

ހެނބަދޫ ކެނދިކުޅުދޫ އަތުން ބަލިވި ނަމަވެސް އެ ޓީމު ވަނީ މަނަދޫ މިލަދޫ އަދި މާޅެންދޫ ބަލިކޮށްފައެވެ. މަގޫދޫ އާއި ބައްދަލު ކުރި މެޗުން އެ ޓީމަށް ލިބިފައި ވަނީ ޕޮއިންޓެކެވެ.

އިއްޔެ ގްރޫޕް އޭގެ ފަހު މެޗުގައި ޑިފެންޑިން ޗެމްޕިއަން މިލަދޫ އާއި މަނަދޫ ވަނީ ބައްދަލު ކޮށްފައެވެ. 2-2 ގެ ނަތީޖާއިން އެ މެޗު ނިމިގެން ދިޔަ އިރު، ދެ ޓީމުވެސް އޮތީ މުބާރާތުން ކަޓާފައެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ (11 ޕޮއިންޓު)
  • ހެނބަދޫ (10 ޕޮއިންޓު)
  • މިލަދޫ (7 ޕޮއިންޓު)
  • މަނަދޫ (7 ޕޮއިންޓު)
  • މަގޫދޫ (5 ޕޮއިންޓު)
  • މާޅެންދޫ (1 ޕޮއިންޓު)

ގްރޫޕް ބީގައި މާފަރު ފިޔަވައި އެހެން ހުރިހާ ޓީމަކަށް އަދި އެއް މެޗު ބާކީ އެބަ އޮތެވެ. ގްރޫޕް ބީގެ ފަހު މެޗުތައް އޮންނަނީ މިއަދާއި މާދަމާއެވެ. މިއަދު ހޮޅުދޫ އާއި ވެލިދޫ ބައްދަލު ކުރާ އިރު މާދަމާ ބައްދަލު ކުރާނީ ލަންދޫ އާއި ކުޑަފަރީ އެވެ.

ހޮޅުދޫ އޮތީ ގްރޫޕް ބީން ދެވަނަ ބުރަށް ކޮލިފައި ވެފައެވެ. ލަންދޫއަށް ދެވަނަ ބުރަށް ދަތުރު ކުރެވެން އޮތީ މާދަމާ ކުޑަފަރީ ބަލިކޮށްގެނެވެ. މާދަމާގެ މެޗުން ވެލިދޫ ހޮޅުދޫ ބަލިކޮށްފި ނަމަ، ލަންދޫ ބަލިކޮށްގެން ގޯލް ޑިފަރެންސުން ގްރޫޕުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ކުޑަފަރީ އަށް އެބަ އޮތެވެ.

ގްރޫޕް ބީ

  • ހޮޅުދޫ (9 ޕޮއިންޓު)
  • ކުޑަފަރި (6 ޕޮއިންޓު)
  • ލަންދޫ (4 ޕޮއިންޓު)
  • މާފަރު (4 ޕޮއިންޓު)
  • ވެލިދޫ (0 ޕޮއިންޓު
comment ކޮމެންޓް