މަގޫދޫ އަތުން ބަލިވެ މާޅެންދޫ ގްރޫޕުގެ ފުލަށް

އިއްޔެ މަގޫދޫ އާއި މާޅެންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން---

ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގެ ގްރޫޕް ސްޓޭޖުގައި މަގުދޫ އަތުން ބަލިވެ މާޅެންދޫ ގްރޫޕް އޭގެ ފުލަށް ވެއްޓިއްޖެއެވެ.

އިއްޔެ ހަވީރު ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗުން މަގޫދޫ މޮޅުވީ 1-0ގެ ނަތީޖާއިންނެވެ. މެޗުގައި މަގޫދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ 64 ވަނަ މިނެޓުގައި، އެ ޓީމުގެ ޖާޒީ ނަމްބަރު އަށެއް އިނާޒް އަބްދުﷲ އެވެ.

އިއްޔެ މޭން އޮފް ދަ މެޗު ކަމަށް ހޮވުނީ މަގޫދޫގެ ޖާޒީ ނަމްބަރު 22 އަބްދުﷲ އިނާޔަތު އަށެވެ.

ގްރޫޕް އޭގައި މިހާރު ހެނބަދޫ އާއި މިލަދޫ ފިޔަވައި އެހެން ހުރިހާ ޓީމެއް ވަނީ ތިން މެޗު ކުޅެފައެވެ. ތިން މެޗު ކުޅެވިފައިވާ އިރު އެންމެ ޕޮއިންޓަކާ އެކު ގްރޫޕުގެ ފުލުގައި އޮތީ މާޅެންދޫ އެވެ. ހެނބަދޫ މަނަދޫ އަދި މަގޫދޫއަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫ އޮތީ ހަތް ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނައިގައެވެ. ދެ މެޗު ކުޅެފައިވާ މިލަދޫ އޮތީ ހަ ޕޮއިންޓާ އެކު ދެވަނައިގައެވެ.

ސިޔާމް މައުރޫފް ކަޕުގައި މިއަދު ބައްދަލު ކުރާނީ މިލަދޫ އާއި ހެނބަދޫއެވެ. މިއަދުގެ މެޗުން މިލަދޫ މޮޅުވެއްޖެ ނަމަ އެ ޓީމު ގްރޫޕުގެ އެއް ވަނަ އަށް އަރާނެ އެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ (7 ޕޮއިންޓު)
  • މިލަދޫ (6 ޕޮއިންޓު)
  • ހެނބަދޫ (3 ޕޮއިންޓު)
  • މަނަދޫ (3 ޕޮއިންޓު)
  • މަގޫދޫ (3 ޕޮއިންޓު)
  • މާޅެންދޫ (1 ޕޮއިންޓު)

ގްރޫޕް ބީ

  • ލަންދޫ (4 ޕޮއިންޓު)
  • ހޮޅުދޫ (3 ޕޮއިންޓު)
  • ކުޑަފަރި (3 ޕޮއިންޓު)
  • މާފަރު (1 ޕޮއިންޓު)
  • ވެލިދޫ (0 ޕޮއިންޓު)
comment ކޮމެންޓް