ހަންކެޑެ ސަރަހައްދުން ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

ހެންކެޑެ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޒުވާނާ ހިތަދޫ ހޮސްޕިޓަލަށް ގެންދަނީ ---- ފޮޓޯ/ ވަގުތު އޮންލައިން

އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދަށް މޫދަށް އެރި އުޅުނު 18 އަހަރުގެ ޒުވާނެއް ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، މަރަދޫއާއި ހިތަދޫއާ ދެމެދު އޮންނަ ހަންކެޑެ ބްރިޖު ސަރަހައްދައް މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން 18 އަހަރުގެ ޒުވާނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 2:43 ގައި ކަމަށެވެ.

ގެއްލުނު ޒުވާނާ ފެނިފައިވަނީ ހަންކެޑެ ސަރަހައްދު މޫދު އަޑި ބަލަމުން ދިޔަ ޑައިވަރުންނަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ބުނީ ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިފައިފަނީ 15:45 ހާއިރު ހަންކެޑެ މޫދު އަޑިން ކަމަށާއި މައްޗަށް ނެގިއިރު އެއްވެސް ހަރަކާތެއް ވެސް ނެތް ކަމަށެވެ. އަދި އެ ޒުވާނާ މަރުވެފައިވާކަމަށް ފުލުހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް