މާލެއިން އަންހެނަކު ގެއްލުންތާ ފަސްދުވަސް ވެފައިވާއިރު، ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އުމުރުން 31 އަހަރުގެ ހ. ބްލޫލޫން، ހައްވާ ހަސަންއެވެ.
އޭނާ ގެއްލުމާ ގުޅިގެން ފުލުހުން އާންމުކުރި މައުލޫމާތުގައި ވަނީ، ހައްވާ ހަސަން ގެއިން ދިޔަފަހުން ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށްގެން މަސައްކަތް ފެށިކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަން ފުލުހުން ހިއްސާކުރިއެވެ.
ވީމާ، ޙައްވާ ޙަސަން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނި ފާހަގަކޮށްފައެވެ.
މިދިޔަ އަންގަރަ ދުވަހު ވެސް މާލެއިން މީހަކު ގެއްލިގެން ފުލުހުން ވަނީ އިއުލާނު ކޮށްފައެވެ. އެއީ، ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދުއެވެ. މިހާތަނަށް ވެސް އޭނާ ފެނިފައިވާކަން ފުލުހުން ހަމައެއް ނުކުރެއެވެ.