އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް ބުނެފި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ/ ރައީސް އޮފީސް

އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީ އަކީ ޕީޕީއެމް ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

ޕީޕީއެމްގެ ހަތް ވަނަ އަހަރީއާ ގުޅިގެން އެޕާޓީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެޕާޓީ އިން ކުރިމަތިލި ގިނަ ބައި އިލެކްޝަންސް ތަކުންނާއި އުމުރުން އެންމެ ހަގު ޕާޓީގެ ގޮތުގައި އޮވެ، ކުރިމަތިލީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ތާރީހު ނުދެކޭ ފަދަ ކާމިޔާބު ފަސް ދައުރު އެ ޕާޓީ އިން ފުރިހަމަ ކުރަމުންދާ ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން އެންމެ ކާމިޔާބު އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓިގެ ގޮތުގައި ރަން އަކުރުން ޕީޕީއެމްގެ ނަން ރާއްޖޭގެ ތާރީހުގައި ލިޔެވިގެން މިދަނީ މި ސަބަބަބާ ހުރެ އެވެ،" އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމ އުފެއްދީ ޕީޕީއެމް އުފެއްދީ މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމިއްޔަތާއި، ދިވެހި ޤައުމުގެ އަމިއްލަ ވަންތަކަން ނަގަހައްޓައި ދެމެހެއްޓުމަށް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ގިނަ ގޮންޖެހުންތަކަކާ އެކު ވެސް ޕީޕީއެމްގެ މަސައްކަތުގައި ޕާޓީ ދެމިއޮތީ އެޕާޓީގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގެންނެވި ސަބަބުން ކަަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް ހާސިލުކުރި ހުރިހާ ކާމިޔާބެއްގެ އަސްލަކީ އެޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ހެޔޮ އެދޭ ފަރާތްތައްކަމަށް ވެސް ބަޔާނުގައިބުނެފައިވެ އެވެ.

comment ކޮމެންޓް