ސިނަމާލެ ބުރިޖު މަތީ ފަސް ކައިވެނި ކޮށްފި

ސިނަމާލެ ބްރިޖް މަތީގައި ކުރިއަށް ގެންދިޔަ ކައިވެނި ހަފްލާތައް-- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު މަތީ ފަސް ކައިވެންޏެއް ކޮށްފިއެވެ.

ބުރިޖު މަތީ ކައިވެނި ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމުން އެކަމަށް ބޮޑު ތަރުހީބެއް ލިބުނެވެ. މިއަދު ހަހެއް ޖަހަންދެން ކައިވެނި ހަފްލާތައް ކުރިއަށްދާނެއެވެ.

ބުރިޖުގައި ކައިވެނި ކުރި ހުރިހާ މީހުންގެވެސް މިއީ އަލަތު ކައިވެންޏެވެ.

ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯނެގުން އަދި ޑެކަރޭޝަންގެ ހަރަދު ކުރަނީ ސަރުކާރުންނެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ވަނީ ބްރިޖު ހުޅުވައިފައެވެ. ބްރިޖު މަތީގައި ރަސްމީ ދަތުރުތައް ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބުރިޖު ހުޅުވުމުގެ އުފާ ފާޅުކުރުމަށް ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

comment ކޮމެންޓް