ސައުދީ ސޮވެރިން ވެލްތު ފަންޑުން ޓެސްލާ އިން ބިލިޔަން ޑޮލަރުގެ ހިއްސާ ގަނެފި

ސައުދީ ސޮވެރިން ވެލްތް ފަންޑުން ގަތީ ޓެސްލާގެ 3-5 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ހިއްސާ.

ސައުދީ އަރަބިއްޔާގެ ސޮވެރިން ވެލްތް ފަންޑުން، ކަރަންޓް ކާރު އުފެއްދުމުގެ އެންމެ ކުރީގައި އުޅޫ ޓެސްލާ އިން ބިލިޔަން ޑޮލަރުގެ ހިއްސާ ގަނެފައިވާ ކަމަށް ބުނެފި އެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނީ، ސައުދީ ސޮވެރިން ވެލްތު ފަންޑުން ގަނެފައި ވަނީ ޓެސްލާގެ ތިން ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ އަދަދެއްގެ ހިއްސާ ކަމަށެވެ.

ޓެސްލާގެ ހިއްސާ މިހާރު ހުރި އަގަށް ބަލާއިރު، އެހާ ވަރުގެ ޕަސެންޓެއް ހޯދުމަށް ގާތްގަނޑަކަށް 1.9 ބިލިޔަން ޑޮލަރާއި 3.2 ބިލިޔަން ޑޮލަރާ ދެމެދުގެ ހިއްސާ ގަންނަން ޖެހޭނެ އެވެ.

https://sun.mv/109123

ސައުދީ ސޮވެރިން ވެލްތު ފަންޑާއި ޓެސްލާ އިން ވެސް މިހާތަނަށް އެ މުއާމަލާތުގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓާއި ގުޅިގެން ރޮއިޓާސް އިން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

ސޮވެރިން ވެލްތް ފަންޑުން ޓެސްލާގެ ހިއްސާ ގަނެފައިވާކަން ހާމަވި އިރު، އެ ކުންފުނި ހިއްސާގެބާޒާރުން ޑީލިސްޓުކޮށް ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ކުރަން، ޓެސްލާގެ ސީއީއޯ އަދި ބިލިޔަނަރު އެލަން މަސްކް ވަނީ މަސައްކަތް ފަށައިފަ އެވެ.

comment ކޮމެންޓް