ދުނިޔޭގެ ލަގްޒަރީ ސްޕާ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު ސްޕާތައް ފާހަގަކޮށް، ދޭ "ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސް 2018"ގައި ރާއްޖޭގެ ބައެއް ޕްރޮޕަޓީތަކުގެ ސްޕާތަކަށް ޝަރަފުވެރި އެވޯޑުތަކެއް ލިވިއްޖެއެވެ.
މި އަހަރުގެ ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސް ބާއްވާފައިވަނީ ނޮދަން އަޔަލެންޑްގެ އެންޓްރިމްގައި ހުންނަ ގަލްގޯމް ރިސޯޓް އެންޑް ސްޕާގައި، މިދިޔަ ހޮނިހިރު ދުވަހުއެވެ،
ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްގައި ހަތަރު ގިންތިއަކުން އެވޯޑު ދީފައިވެއެވެ. އެއީ ބައިނަލްއަގުވާމީ ގިންތި، ކޮންޓިނެންޓަލް ގިންތި، ސަރަހައްދީ ގިންތި އަދި ވަކި ވަކި ގައުމުތަކުގެ ގިންތިންނެވެ.
ބައިނަލްއަގުވާމީ ގިންތިން ރާއްޖޭގެ ދެ ޕްރޮޕަޓީއެއްގެ ސްޕާއަށް އެވޯޑު ލިބިފައިވެއެވެ.
- ލަގްޒަރީ އައިލެންޑް ރިސޯޓު ސްޕާ: ސްޕާ ސެންވަރީ އެޓް ސެންޓާރާ ރަސްފުށި ރިސޯޓު
- ލަގްޒަރީ ޕްރައިވެޓް އައިލެންޑް ސްޕާ: ވިލޯ ސްޓްރީމް ސްޕާ އެޓް ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި
ކޮންޓިނެންޓަލް ގިންތިން ރާއްޖެ ހިމެނިފައި އޮތީ "އިންޑިއަން އޯޝަން" ރީޖަންގައެވެ. މި ގިންތިން ރާއްޖޭގެ ހަތް ރިސޯޓެއްގެ ސްޕާއަށް ނުވަ އެވޯޑެއް ލިބިފައެވެ.
- ލަގްޒަރީ އަޔުރްވެދާ ސްޕާ: ސަން އަކުއާ ސްޕާ ވިލު ރީފް
- ބެސްޓް ޔުނިކް އެކްސްޕީރިއަންސް ސްޕާ: ދަ ސްޕާ ބައި ތާލްގޯ އެޓް ދަ ސަން ސިޔާމް އިރުފުށި
- ލަގްޒަރީ ބީޗު ހޮރިސޯޓު ސްޕާ: ޖައްވު ސްޕާ އެޓް އަމިއްލަފުށި
- ލަގްޒަރީ އައިލެންޑް ރިސޯޓު ސްޕާ: ކޮކާ ސްޕާ އެޓް ކަނުހުރާ މޯލްޑިވްސް
- ލަގްޒަރީ ރޮމޭންޓިކް ޑެސްޓިނޭޝަން ސްޕާ: ސްޕާ ސެންވަރީ އެޓް ސެންޓާރާ ރަސްފުށި ރިސޯޓު
- ލަގްޒަރީ ޕްރައިވެޓް އައިލެންޑް ސްޕާ: ސްޕާ މައި ބްލެންޑް ބައި ކްލެރިންސް އެޓް ވެލާ ޕްރައިވެޓް އައިލެންޑ
- ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ: ދަ ސްޕާ އެޓް ގްރޭންޑް ޕާކް ކޮއްދިއްޕަރު
- ލަގްޒަރީ ރިސޯޓު ސްޕާ: ދަ ސްޕާ އެޓް ގްރޭންޑް ޕާކް ކޮއްދިއްޕަރު
- ލަގްޒަރީ ސްޕާ ރިޓްރީޓް: ދަ ސްޕާ އެޓް ގްރޭންޑް ޕާކް ކޮއްދިއްޕަރު
ސަރަހައްދީ ނުވަތަ ރީޖަނަލް ގިންތިން ރާއްޖެ ހިމެނިފައި އޮތީ "އިންޑިއަން އޯޝަން އައިލެންޑްސް" ރީޖަންގައެވެ. މި ގިންތިން ރާއްޖޭގެފަސް ރިސޯޓަކަށް ހަތް އެވޯޑެއް ލިބުނެވެ.
- ލަގްޒަރީ ބީޗު ރިސޯޓު ސްޕާ: އައިސްޕާ އެޓް އަޔާދާ މޯލްޑިވްސް
- ލަގްޒަރީ ރިސޯޓު ސްޕާ: އައިސްޕާ އެޓް އަޔާދާ މޯލްޑިވްސް
- ލަގްޒަރީ އައިލެންޑް ރިސޯޓް ސްޕާ: ކާމް ސްޕާ އެންޑް ސެލޮން އެޓް ޖޭއޭ މަނަފަރު
- ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ: ދަ އޯވާ ވޯޓާ ސްޕާ އެޓް ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- ލަގްޒަރީ ޕްރައިވެޓް އައިލެންޑް ސްޕާ: ދަ އޯވާ ވޯޓާ ސްޕާ އެޓް ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- ބެސްޓް ޔުނިކް ސްޕާ އެކްސްޕީރިއަންސް: ސްޕާ މައި ބްލެންޑް ބައި ކްލެރިންސް އެޓް ވެލާ ޕްރައިވެޓް އައިލެންޑް
- ލަގްޒަރީ ވެލްނެސް ސްޕާ: ޓަލީސް ސްޕާ އެޓް ޖުމެއިރާ ވިއްޓަވެލި
ރާއްޖޭގެ ފެންވަރުގައި އެވޯޑު ލިބުނު ޕްރޮޕަޓީތައް:
- ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ: ކާމް ސްޕާ އެންޑް ސެލޮން އެޓް ޖޭއޭ މަނަފަރު
- ލަގްޒަރީ ބީޗު ރިސޯޓު ސްޕާ: ކިހާ ސްޕާ އެޓް ކިހާ މޯލްޑިވްސް
- ލަގްޒަރީ އައިލެންޑް ރިސޯޓު ސްޕާ: ލަކްސް މީ ސްޕާ ސައުތު އަރި އެޓޯލް
ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސް 2018 ގައި ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު، ގްލޯބަލް ސްޕާ އޮފް ދަ އިޔާ އެވޯޑު ލިބުނީ ބަލްގޭރިއާގެ އެސްޓަ ފިޓްނެސް އެންޑް ސްޕާއެވެ.
ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސް 2018 ނިމިފައިވާ އިރު، މި އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސް ބާއްވަން ހަމަޖެހިފައިވަނީ ދ. ވޮށްމުލީގައި ހިންގާ ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގައެވެ. މި ހަފްލާ އޮންނާނީ އޮކްޓޫބަރު މަހުގައެވެ.