ކަނބަލުންގެ ލޯނާއި އެސްއެމްއީ ލޯނަށް ބޮޑު ތަރުހީބެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ލުއި ލޯނު ސްކީމް ރައީސް އަބްދުﷲ ޔާމީން ތައާރަފްކޮށްދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނާއި، ވިޔަފާރި ފަށަން ގަސްދުކުރާ އަންހެނުންނަށް ޚާއްސަކޮށްގެން މިއަހަރު އިއުލާނުކުރި 20 މިލިޔަން ރުފިޔާގެ ލޯނު ސްކީމަށް ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ވިޔަފާރި ފަށަން ބޭނުންވާ އަންހެނުންނަށް 20 މިލިޔަން ރުފިޔާގެ ލޯނު ސްކީމެއް އިއުލާނުކުރީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭޑީބީގެ އެހީގައި ކުރިއަށް ގެންދާ އެ ލޯނު ޕްރޮގްރާމުގެ ދަށުން، 50،000 ރުފިޔާއާ 200،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އެދުމުގެ ފުރުސަތު ހުޅުވާލިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލް ވިދާޅުވީ، ކަނބަލުންގެ ލޯނަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 500 އަށް ވުރެ ގިނަ ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައި ވާކަމަށެވެ.

https://sun.mv/103879

"މިހާރު މިނިސްޓްރީގެ ހުރިހާ މަސައްކަތެއް ނިމި، ބޭންކް ޕްރޮސެސްގައި އުޅެނީ. އެހެންވެ ވަގުތުކޮޅެއް ނަގަނީ. ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ލޯނު ލިބޭ ފަރާތްތަކަށް އެ ދޫކުރާނެ،" މަހީލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ގާތްގަނޑަކަށް 300 އަންހެނުންނަށް، ކަނބަލުންގެ ލޯނު ސްކީމުގެ ދަށުން ލޯނު ލިބޭނެއެވެ.

މީގެ އިތުރުން ސަރުކާރުން ކޮންމެ އަހަރަކުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރި ފެށުމަށް ނުވަތަ މިހާރު ހިނގަމުންދާ ވިޔަފާރި ފުޅާކުރުމަށް ދޫކުރާ ލޯނު (އެސްއެމްއީ ލޯނު) ސްކީމަށް އެދި ހުށަހެޅުމަށް އޭޕްރިލް މަހުގެ ތެރޭގައި ހުޅުވާލި އިރު، 700 އަށް ވުރެ ގިނަ ފަރާތަކުން އެ ލޯނަށް ކުރިމަތިލި ކަމަށް މަހީލް ވިދާޅުވިއެވެ.

"މިފަހަރު 700 އެއްހާ އެޕްލިކޭޝަން އެބަ އުޅޭ. ފުދޭވަރަކަށް ކޮމްޕެޓިޓިވްކޮށް ދަނީ،" މަހީލް ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދަނީ ލޯނު އެޕްލިކޭޝަންތަކުގެ އިވެލުއޭޝަން މަސައްކަތް ކަމަށާއި، ޖޫން މަސް ނިމެންވާއިރަށް އިވެލުއޭޝަން ނިންމާލެވޭނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/106138

އެސްއެމްއީ ލޯނުގެ ދަށުން ދޫކުރަނީ ޖުމްލަ 50 މިލިޔަން ރުފިޔާއެވެ. އެގެ ތެރެއިން ކޮންމެ އެޕްލިކޭޝަނަކަށް އެންމެ ގިނަވެގެން ދޫކުރަނީ 500،000 ރުފިޔާއެވެ. މިއީ އެސްއެމްއީ ލޯނު

މިދިޔަ ހަފްތާގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ހިންގާ ގެޓް ސެޓް ލޯނު ސްކީމު އިއުލާނުކޮށްފައެވެ. ގެޓްސެޓް ލޯނުގެ ގޮތުގައި ޖުމްލަ 40 މިލިޔަން ރުފިޔާ ދޫކުރާ އިރު، ލޯނުގެ ގޮތުގައި ދޫކުރަނީ 300،000 ރުފިޔާއާ 800،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

comment ކޮމެންޓް