އިޝާ އަމްބާނީ ކައިވެނި ކުރަނީ؟

އިޝާ އަމްބާނީ އަދި އޭނާގެ ލޯބިވެރިޔާ އާނަންދު
އިންޑިއާގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގައި ހިމެނޭ ނީތާ އަމްބާނީގެ އަންހެން ދަރިފުޅު އީޝާ އަމްބާނީ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑު ފެތުރިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އީޝާ އޭނާގެ ލޯބިވެރިޔާ އާނަންދު އާ އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރަން ވަނީ ހަމަޖެހިފައެވެ. އަދި އެ ދެ މީހުން އެންގޭޖްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އަންނަ ޑިސެމްބަރު މަހު ދެމީހުންގެ ކައިވެނި ކުރުމަށް ތައްޔާރު ވަމުން އަންނައިރު ދެފަރާތުގެ އާއިލާއިން އަންނަނީ އެ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ނީތާގެ ފިރިހެން ދަރިފުޅު އާކާޝް އަމްބާނީވެސް މިއަހަރު އޭނާގެ ލޯބިވެރިޔާ އާ ވަނީ އެންގޭޖްވެފައެވެ. އަދި އެ ދެމީހުންވެސް މިއަހަރު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަސްދަރު: ޓައިމްސް އޮފް އިންޑިއާ
comment ކޮމެންޓް