މިއަހަރުގެ މެދުތެރޭގައި ފްރީ ޓްރޭޑު އެގްރިމެންޓް ތަންފީޒުކުރަން ފަށާނެ

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން، މިއަހަރުގެ މެދެއްހާ ހިސާބުގައި ތަންފީޒުކުރަން ފަށާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކާށް ފަހު ރާއްޖެއިން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

https://sun.mv/98035

މޯލްޑިވްސް ގެޓްއަވޭޒްއިން އިންތިޒާމުކޮށްގެން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ތެރެއިން ބާއްވާ ހޮޓެލިއާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ދުނިޔޭގައި ކުރިއަރަމުން އަންނަ މާކެޓުތަކުން ރާއްޖެއަށް ހުރި ފުރުސަތުތައް ހޯދައި ބަލަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އައުޓްބައުންޑް މާކެޓަކީ ޗައިނާ ފަތުރުވެރިން ކަމަށާއި، ދުނިޔޭގެ އެންމެ ބޮޑު އިންބައުންޑް މަންޒިލަކަށް ވާނީވެސް ޗައިނާ ކަމަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މިއަހަރުގެ މެދުތެރޭގައި ޗައިނާއާ އެކު ރާއްޖެއިން އެކުލަވާލި ފްރީ ޓްރޭޑް އެގްރިމެންޓް އެކްޓިވް ވެގެން ދާނެއެވެ. އަދި އެ އެގްރިމެންޓާ އެކު ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ އިތުރުން، މިހާރު ތަރައްގީކުރަމުން އަންނަ ޕްރޮޕަޓީތަކަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިސާލަކަށް 20 މިލިޔަން ޑޮލަރަށް ބިލްޑުކުރާ ރިސޯޓުތަކަށް ހަމަ ގައިމުވެސް ހަތަރު މިލިޔަން ޑޮލަރުގެ ޑިސްކައުންޓެއް ލިބޭނެ. އަދި އެއް މިލިޔަން ޑޮލަރު ހަރަދުކޮށްގެން ހަދާ ގެސްޓްހައުސަކަށް ހަމަ ގައުމުވެސް ދެލައްކަ ޑޮލަރުގެ ޑިސްކައުންޓެއް ލިބިގެން ދާނެ،

"ކީއްވެގެންތޯ ޑިސްކައުންޓުތަކަކަށް ބަދަލުވަނީ؟ ފްރީ ޓްރޭޑް އެގްރިމެންޓް ތަންފީޒުކުރާ ދުވަހުން ފެށިގެން 95 ޕަސަންޓު ރާއްޖެއިން ޗައިނާއިން އެތެރެކުރާ މުދާ ޒީރޯ ޓެރިފަށް ވާނެ. ޓެރިފާއި ނޮން ޓެރިފް ބެރިއާސްއާ ވެސް އެކު،" މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

https://sun.mv/104872

ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެންމެ ބޮޑު ކޮންސިއުމާ މާކެޓެއްގެ ގޮތުގައި އެފްރިކާ ބައްރުގެ ގައުމުތައް ފެނިގެން ދާނެކަން ފާހަގަކުރައްވަމުން، އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އިރުމައްޗާއި އޭޝިއާގެ ގައުމުތަކުން ހުޅަނގާއި އެފްރިކާ ބައްރާ ދިމާލަށް ދަތުރުކުރާ މަތިންދާ ބޯޓުތައް އިތުރުވެގެން ގޮސްފި ކަމަށެވެ.

"އެއީ ޓްރެންޑަކަށް މުސްތަގުބަލުގައި ވެއްޖެނަމަ، މާހިރުން ބުނާ ގޮތުގައި ވަރަށް ބޮޑު ފުރުސަތެއް އެބަ ލިބޭ ރާއްޖެ، ޕޮޕިއުލާ ޖެޓް ބްރޭކް ޑެސްޓިނޭޝަނަކަށް ވުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް