އެމްޑީޕީއިން އޮޑިޓް ރިޕޯޓު ހުށަހަޅައިފި، މި ހަފްތާގައި ފައިސާ ހަވާލުކުރަން ފޮނުވާނަން: އީސީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ---

އެމްޑީޕީއިން އެޕާޓީގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ސްޕޯކްސްޕާސަން އަހުމަދު އަކްރަމް ވިދާޅުވީ އެމްޑީޕީއިން އެޕާޓީގެ އޮޑިޓް ރިޕޯޓު މިއަދު ހުށަހަޅާފައިވާ ކަމަށާއި ގާނޫނުގެ ދަށުން އެމްޑީޕީއަށް ދޭންޖެހޭ ފައިސާ ދިނުމަށް މި ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށެވެ.

ޕާޓީތަކަށް ފައިސާ ދޫކޮށްދޭން އީސީއިން ފިނޭންސްގައި އެދުނީ މިމަހުގެ 23 ގައެވެ. އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ޕަޓީތަކަށް ފައިސާ ދޫކޮށްދޭން އޭރު އެދިފައިވާއިރު އޭރު ފައިސާ ދޫކޮށްދޭން އެދިފައިވަނީ ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީ އަށެވެ.

މެމްބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ލިބެނީ ޕީޕީއެމް އަށެވެ. އެއީ 11،538،660.13 ރުފިޔާއެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއެވެ. އެއީ 7،486،732.56 ރުފިޔާއެވެ.

ޖުމްހޫރީ ޕާޓީއަށް ލިބެނީ 2،572،392.58 ރުފިޔާ އެވެ. އަދި އެމްޑީއޭއަށް ލިބެނީ 2،650،885.58 ރުފިޔާ އެވެ. ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ.

comment ކޮމެންޓް