ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް، އިމާރާތްކުރުމަށް 10 ބިލިއަން

އިމާރާތް ކުުރުމުގެ މަސައްކަތް ކުރިއަށްދަނީ: އިމާރާތް ކުރުމުގެ ދާއިރާއަށް އޭޕްރިލް މަހުގެ ނިޔަލަށް 10.01 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ -- ސަން ފޮޓޯ

މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯންގެ އަދަދު 51.7 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުތައް ކަމަށް މަރުކަޒީ ބޭންކްގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އޭޕްރިލް މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް 14.15 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. އެއީ ބެންކްތަކާއި އެހެނިހެން މާލީ އިދާރާތަކުން އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ދޫކޮށްފައިވާ ލޯންތަކާއި އެޑްވާންސްތައް ހިމެނޭ ގޮތަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުގައިވާ ގޮތުން އޭޕްރިލްގެ ނިޔަލަށް ފަތުރުވެރިކަމަށް ދޫކޮށްފައިވާ އަދަދަކީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ލޯނުތައް ދޫކޮށްފައިވާ އަދަދަށް ވުރެ 13.5 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެ، އޭގެ ނޭދެވޭ އަަސަރު ސިނާއަތަށް ކުރަމުންދޭ -- ފޮޓޯ/ އެމްއޭސީއެލް

އިމާރާތް ކުރުމުގެ ދާއިރާއަށް ބަލާއިރު، އޭޕްރިލް މަހުގެ ނިޔަލަށް އެ ދާއިރާއަށް 10.01 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 24.2 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ވިޔަފާރިތަކަށް 5.57 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ދޫކޮށްފައިވާ 5.48 ބިލިއަން ހިމެނެއެވެ. އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކަށް 82.67 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުން ވިޔަފާރިތަކަށް ދީފައިވާ ލޯނުތަކަކީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ދޫކޮށްފައިވާ އަދަދަށް ވުރެ 48.8 ޕަސެންޓް އިތުރު އަދަދެކެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ ނިޔަލަށް މަސްވެރިކަމުގެ ދާއިރައަށް 573.07 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ދަނޑުވެރިކަމަށް ދޫކޮށްފައިވަނީ 18.03 މިލިއަން ރުފިޔާއެވެ. އެ ސިނާއަތަށް ވެސް ލޯނު ދޫކުރި މިންވަރު، މިދިޔަ އަހަރަށްވުރެ މަދުވެފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން އެނގެއެވެ.

https://sun.mv/223101

މި އަހަރު ގިނަ ސިނާއަތްތަކުން ނަގައިފައިވާ ލޯނުން ބޮޑު އިތުރުވުމެއް ފެނިފައިވާއިރު، މިއީ މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އަހަރެކެވެ.

އެގޮތުން ފެބްރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން ދަށްވެފައިވާއިރު، ތެލުގެ އަގާއެކު އެހެނިހެން މުދަލުގެ އަގު ވެސް ދަނީ އުފުލެމުންނެވެ. އެގޮތުން ރާއްޖޭގެ ބާޒާރުގައި ސިމެންތީގެ އަގު ވަރަށް ބޮޑަށް އުފުލި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު މައްސަލަ ފެންމަތިވިއެވެ.

މީގެ އިތުރުން ކާބޯތަކެތި ފަދަ އަސާސީ ތަކެތީގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި އަހަރުގެ ދެވަނަ ކުއާޓަރު މިހާރު ހިނގަމުންދާއިރު، މި މުއްދަތުގެ ތެރޭގައި ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކުގެ ވެސް މާލީ ހާލަތު ދަށްވާނެ ކަމަށް، އެމްއެމްއޭގެ ބިޒްނަސް ސާވޭއިން ދައްކައިފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ އެކިއެކި ސިނާއަތްތަކަށް ޖުމްލަ 51.7 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމާއި އިޤުތިޞާދީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ ފާއިތުވި އަހަރާ އަޅައިބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

  • ފަތުރުވެރިކަމުގެ ދާއިރާއަށް 14.15 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅައިބަލާއިރު 13.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
  • އިމާރާތްކުރުމުގެ ސިނާއަތަށް 10.01 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެއީ 24.2 ޕަސެންޓުގެ އިތުރުވުމެކެވެ.
  • ހޯލްސޭލް އަދި ރީޓެއިލް ހިމެނޭހެން އާންމު ވިޔަފާރިތަކަށް 5.57 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.
  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ދޫކުރި ލޯނުގެ މިންވަރު، ފާއިތުވި އަހަރަށްވުރެ ވަނީ ދަށްވެފައެވެ.
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދަލުގެ އަގު އުފުލި، ކުންފުނިތަކުގެ މާލީ ހާލަތު ދަށްވާނެކަމަށް ލަފާކުރެވެއެވެ.
comment ކޮމެންޓް