ނީލް ނިތިންގެ އަންހެނުން ވެސް ބަނޑުބޮޑު!

ބަތަލު ނީލް އަދި އޭނާގެ އަންހެނުން ރުކުމިނީ---

ބޮލީވުޑްގެ ބަތަލު ނީލް ނިތިން މުކޭޝްގެ އަންހެނުން ރުކުމިނީ ވެސް ބަނޑުކަމަށް އެދެމަފިރިން ކަށަވަރުކޮށްދީފި އެވެ.

ރުކުމިނީ ބަލިވެއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނާތާ ދުވަސްކޮޅެއް ފަހުން އެ ދެމަފިރިން އެކަން ކަށަވަރުކޮށްދީފައި ވަނީ އިސްޓަގްރާމުންނެވެ.

އޭނާ އިންސްޓަގްރާމް ކުރި ފޮޓޯ އިން ފެންނަނީ "ޝޯޕިން ބާޑް"އެއް ތެރޭ ކުއްޖަކު އޮތް ތަނެވެ. އަދި ވިލާ ގަޑެއްގެ ތެރޭގައި "ޓު ބީ ޑެލިވާޑް ސޫން" ޖަހާފައިވެ އެވެ.

މިއީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. "އަހަރެންނަށް އޯކޭ އަންހެން ކުއްޖެއް ވިޔަސް ފިރިހެން ކުއްޖެއް ވިޔަސް،" ނީލް ބުންޏެވެ.

ދާދި ފަހުން ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތަށް ދަރިއެއް ލިބެން އުޅޭ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެއީ އެދެމަފިރިންނަށް ލިބިގެންދާ ދެ ވަނަ ދަރިފުޅެވެ.

comment ކޮމެންޓް