ޖުމައްޔިލްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލައިފި

ފިލްމީތަރި ޖުމައްޔިލް ނިމާލް--

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ޖުމައްޔިލްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.

އިއްޔެ 11:30 އަށް އެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކުރިއެވެ.

އެނގިފައިވާގޮތުގައި ޖުމައްޔިލްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ޖުމައްޔިލް ގެންގޮސް އޭނާގެ މޮބައިލް ފޯނާއި ޓެބްލެޓް ޗެކްކުރިއިރު، އޮރިޔާން ކާޑު ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

comment ކޮމެންޓް