40 ފަހަރު ހައްޔަރުގެ ރެކޯޑު އޮތް މީހަކު މިފަހަރު ބަންދުކުރީ 10 ފުޅި ކޮފީ ވަގަށް ނަގައިގެން

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިހާރައަކުން 10 ފުޅި ކޮފީ ނެގި މީހަކު ހަތް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

އެ ކޯޓުން އިއްޔެ ބަންދުކުރަން އަމުރުކުރީ ގދ. ގައްދޫ، ކުއްޅަވައްގެ، އުމުރުން 43 އަހަރުގެ އިބްރާހިމް ޝާކިރެވެ. އޭނާއަށް ތުހުމަތުކުރަނީ 10 ފުޅި ކޮފީ ވަގަށް ނެގުމެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ކަން ކުރިކަމުގެ ހެކި ވެސް ހުށަހަޅައިފައިވުމާއެކު އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާތާ އެއްގޮތަށްކަމަށް އަމުރުގައިވެއެވެ.

ހަމައެއާއެކު އޭނާއަކީ 40 ފަހަރު ހައްޔަރުގެ ރެކޯޑު އޮތް މީހެއްކަމަށް ވެސް އަމުރުގައިވެއެވެ.

comment ކޮމެންޓް