އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ސްޕްރީމް ކޯޓު: ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބައްވަނީ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އިދިކޮޅު ތިން ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިނުގެ އިތުރުން އަދާލަތު ޕާޓީގެ މެންބަރު އަނާރާ ނައީމް ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅާފައެވެ.

އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކީ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިކުރުމެވެ.

އެނގިފައިވާ ގޮތުގައި މާދަމާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ ފަނިޑިޔާރުންގެ ގާނުނަށް ގެނައި އިސްލާހު ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލައެވެ.

އެ ދެ މައްސަލާގެ އަޑުއެހުންތައް ވެސް ނިންމާލާފައިވާއިރު އެންމެ ފަހުން ބޭއްވު އަޑުއެހުމުގައު ފަނޑިޔާރުން ވިދާޅުވެފައިވަނީ އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

comment ކޮމެންޓް