މާލިއްޔަތު ކޮމިޓީން ބަލަން ފެށި، ކުންފުނިތަކުގެ މައްސަލަތަކުގެ ލިޔެކިޔުން ގެއްލިއްޖެ: ޝަހްމީދު

ޝަމްހީދު: އޭނާ ވިދާޅުވީ އެސްއޯއީތަކުގެ މައްސަލައިގެ ލިޔެކިޔުންތައް މެމްބަރުންގެ ފައިލްތަކުންނާއި އެޖެންޑާއިން ވެސް ގެއްލިފައިވާ ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ ބެލުމުގެ ދަށުން މާލިއްޔަތު ކޮމިޓީން ބަލަން ފެށި ސަރުކާރު ކުންފުނިތަކުގެ މައްސަލައިގެ ލިޔެކިޔުންތައް މެންބަރުންގެ ފައިލްތަކުންނާއި އެޖެންޑާއިން ވެސް ގެއްލިފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

'އަދަދު' ނޫހުގެ ޕްރޮގްރާމެއްގައި ޝަމްހީދު ވިދާޅުވީ މިހާރު މާލިއްޔަތު ކޮމިޓީއެއް ނެތް ކަމަށާއި އެ ކޮމިޓީން އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް މިއަދު އަދާނުކުރާ ކަމަށެވެ.

އޭނާ ވަނީ، މާލިއްޔަތު ކޮމިޓީއެއްގެ އެންމެ ބޮޑު ޒިންމާއަކީ ގައުމުގެ ފިސްކަލް ސިޔާސަތުތައް ބަލައި، ގައުމު އޮތީ ދަރަނި ދެއްކޭނޭ ހާލަތެއްގައިތޯއާއި، ފައިސާ މެނޭޖުކުރަނީ ކިހިނެއްތޯއާއި ބަޖެޓުން ޚަރަދު ކުރަނީ ކިހިނެއްތޯ ބެލުންކަން ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން މިއަދު ރާއްޖޭގަ ކޮންމެ ދުވަހަކު މި ދެކެވެނީ ޑޮލަރުގެ ވާހަކަ. ކޮން ކޮމިޓީއަކަށްތޯ އެ ޒިންމާ އޮތީ. މާލިއްޔަތު ކޮމިޓީއަށް. އެއްވެސް އެޖެންޑާއެއް ކޮށްފިތޯ އެކަމާ ބެހޭގޮތުން. ނެތެއްނޫންތޯ. އަޅުގަނޑުމެން ކިތައް ދުވަހު އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ގެންނަން ހުށަހަޅައިފިން. ފިނޭންސް މިނިސްޓަރު އިސްތިއުފާ ދީފަ އެ ދިޔައީ މަޖިލީހަށް ނައިސް. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވަނީ މިހާރު ވެސް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޖިލީހަށް ގެނައުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އަމިއްލައަށް ބައްދަލުކުރުމަށް އެޕޮއިންޓްމެންޓަކަށް އެދިފައިވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މާލިއްޔަތު ކޮމިޓީން މި މަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޝަމްހީދު ވިދާޅުވި ގޮތުގައި، ނާޒިމް އިސްވެ ހުންނަވައި، ސަރުކާރު ކުންފުނިތަކުގެ މައްސަލަތަކެއް ބައްލަވަން ފެއްޓެވި ފަހުން، ދެ ފަހަރަކަށް އެ މައްސަލަ އެޖެންޑާކޮށް ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަޖިލީހަށް ހާޒިރުކުރަން ނިންމިއެވެ. ނަމަވެސް އެހާ ހިސާބުން އެކަމާ ގުޅޭ ހުރިހާ ކަރުދާހެއް ގެއްލި އެ މައްސަލަ އެޖެންޑާއިން ވެސް ގެއްލިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އިސްވެހުރެ ފެށީ. އެ ހުރިހާ ޕްރޮކިއުމެންޓް ފައިލްތައް، އަޅުގަނޑުމެންގެ ފައިލް ތެރޭގައިހުރި ޕޭޕާތައް. އެއްފަހަރު ނޫނީ ދެފަހަރު އެޖެންޑާކޮށްފަ ބައެއް އެމްޑީއިން މަޖިލީހަށް ހާޒިރުކުރަންވެސް އަޅުގަނޑުމެން ނިންމާ، އެ ހިސާބުން ހުރިހާ ކަރުދާހެއް ވެސް ގެއްލިއްޖެ. ފައިލްތެރެއިން ވެސް ގެއްލިއްޖެ. އެޖެންޑާއިން ވެސް ގެއްލިއްޖެ. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ އެފަދަ ހުރިހާ ކަމެއް ވެސް މިއަދު އާދައިގެ ކަމަކަށް ވެފައިވާ ކަމަށާއި މަޖިލީސް ތެރެއިން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ.

ނާޒިމްގެ ވާހަކަ ޝަމްހީދު ފާހަގަކުރެއްވިއިރު، ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ 31ގައެވެ. އެއީ ވެރިކަން ކުރާ ޕީއެންސީގައި އޭނާއާ މެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދި، ޕާޓީގެ ހުރިހާ މަޖިލީސް މެންބަރުންގެ ސޮޔާ އެކު އޭނާ ވަކިކުރަން ކުއްލިއަކަށް ހުށަހެޅި ފަހުންނެވެ.

މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން އެ ފިޔަވަޅު އެޅީ ކީއްވެ ކަމެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އޭގެ ފަހުން ނާޒިމް ވަނީ ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް ވަކިކޮށްފައެވެ.

https://sun.mv/222663

އޭނާ ވަކިކުރަން ހުށަހެޅުމުގެ ކުރިން، މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ގޮތުން އޭނާ ހިމެނިވަޑައިގެންނެވި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ވަނީ ވަކިކޮށްފައެވެ.

އޭގެ ކުރިން ނާޒިމަކީ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މެންބަރެކެވެ. އެ ގޮތުން، މާލިއްޔަތު ކޮމިޓީގެ ގިނަ މަސައްކަތްތަކެއްގައި އިސްކޮށް އުޅުއްވީ އޭނާއެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވާއިރު، އެއީ ދައުލަތުން ބޮޑު ޚަރަދެއް ކުރާ ކުންފުނިތަކެކެވެ. އަދި އެކި ސަރުކާރުތަކުގައި ކުންފުނިތަކަށް ސިޔާސީ ބޭނުމުގައި މީހުން އައްޔަންކޮށް، ކޮރަޕްޝަން ހިންގުމުގެ ގިނަ ތުހުމަތުތައް ވެސް އަމާޒުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ނާޒިމް އިސްވެ ހުންނަވައިގެން މާލިއްޔަތު ކޮމިޓީން ބަލަން ފެށި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި، ބައެއް ކުންފުނިތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން ނިންމި ހިސާބުން، ކަމާގުޅޭ ހުރިހާ ކަރުދާހެއް މެންބަރުންގެ ފައިލްތަކުންނާއި އެޖެންޑާއިން ވަނީ ނަގާފައެވެ. މީގެ އިތުރުން، ދައުލަތުގެ ފިސްކަލް ސިޔާސަތާއި ދަރަނީގެ ކަންކަން ބެލުމުގެ ޒިންމާ އޮތް މާލިއްޔަތު ކޮމިޓީން މިހާރު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޑޮލަރުގެ މައްސަލައިގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެދިފައިވީ ނަމަވެސް އެކަންވެސް ކުރިއަށް ގޮސްފައިނުވާކަން ވަނީ ހާމަކުރައްވާފައެވެ. ```json

  • މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ފައިލްތަކާއި ލިޔެކިޔުންތައް ވަނީ ގެއްލިފައި.
  • މި މައްސަލަ އެޖެންޑާކޮށް ބައެއް އިސްވެރިން ހާޒިރުކުރަން ނިންމުމާއެކު މައްސަލަ ވަނީ އެޖެންޑާއިން އުނިކޮށްފައި.
  • ގައުމުގެ މާލީ ހާލަތާއި ޑޮލަރުގެ މައްސަލަތަކުގައި މާލިއްޔަތު ކޮމިޓީން އެކަށީގެންވާ ޒިންމާ އަދާނުކުރާ ކަމަށް ޝަމްހީދު ތުހުމަތުކުރެއްވި.
  • މި މައްސަލަ އިސްކޮށް ބެއްލެވި އަޙުމަދު ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުންނާއި ކޮމިޓީން ދާދިފަހުން ވަކިކޮށްފައި.
  • ސަރުކާރު ކުންފުނިތަކަކީ މާލީގޮތުން ބޮޑެތި ގެއްލުންތަކެއްވަމުންދާ އަދި ކޮރަޕްޝަންގެ ތުހުމަތު އޮންނަ ތަންތަން ކަމަށް ފާހަގަކޮށްފައިވޭ.
comment ކޮމެންޓް