ޗައިވާލާ އައިޑަލް އާ އަލްވަދާއު ކިޔައިފި

މޯލްޑިވިއަން އައިޑަލް އިން ޝަމީލް ކަޓައިފި---

މޯލްޑިވިއަން އައިޑަލްގެ ބައިވެރިޔާ އިބްރާހިމް ޝަމީލް (ޗައިވާލާ) މުބާރާތުން އަލްވަދާއު ކިޔާފި އެވެ.

ޝަމީލް އައިޑަލްގެ ދަތުރު ރޭ ނިންމާލަން ޖެހިފައިވާ އިރު ރޭ ވަނީ ގަދަ އައިޑަލް ދަތުރުގެ ގަދަ އަށް ބައިވެރިން ކަަށަވަރުވެފަ އެވެ.

ގަދަ އަށަކަށް ދަތުރު ކުރި ބައިވެރިންނަކީ ޖަޖުންގެ 50 ޕަސެންޓް މާކުސް އަދި ބެލުންތެރިންގެ 50 ޕަސެންޓް ވޯޓު އެއްކޮށްލުމާ އެކު، އެންމެ މަތިން މާކުސް ލިބުނު ބައިވެރިންނެވެ.

ރޭ ބޭއްވި އެލިމިނޭޝަން ނައިޓް ހާއްސަ ކޮށްފައި ވަނީ "މޫވީ ނައިޓް" އަށެވެ. ހިތްގައިމު ލަވަތަކެއް ރޭ އިވިގެން ދިޔަ އިރު ރޭގެ މެހެމާނަކީ މަޝްހޫރު ނެށުންތެރިޔާ، ޑައިރެކްޓަރު ރަވީ ފާރޫގް އެވެ. ރޭ ވަނީ ބައިވެރިންގެ ލަވަކިޔުމުގެ ހުނަރުގެ އިތުރުން އެމީހުންގެ އެކްޓިން ވެސް ބެލުންތެރިންނަށް ދައްކާލައިފަ އެވެ.

comment ކޮމެންޓް