ބެންކޮކްގައި ބޭއްވި ޓްރެވަލް ފެއާއެއްގައި އެންމެ ރޮމޭންޓިކް މަންޒިލެއެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކޮށްފި

ބެންކޮކްގައި ބޭއްވި ޓްރެވަލް ފެއާއެއްގެ ތެރެއިން -- ފޮޓޯ/އެމްއެމްޕީއާރުސީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ އާމޯ އޭޝިއާ ޕްސެފިކް ފެއާގައި އެންމެ ރޮމޭންޓިކް މަންޒިލެއެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކޮށްފިއެވެ.

އެމްއެމްޕީއާރުސީން ބައިވެރިވި އެ ފެއާއަކީ ހަނީމޫން އަދި ރޮމޭންޓިކް މަންޒިލްތަކަށް ހާއްސަކޮށްގެން ދުނިޔޭގައި ބާއްވަމުން އަންނަ އެންމެ ކާމިޔާބު އެއް ފެއާއެވެ.

އެމްއެމްޕީއާރުސީން ބުނީ، އެ ފެއާގައި ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށާއި ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް މާކެޓް ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ބޭރުގެ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މައި ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ސީޑީސީ ކޮންސެލްޓިން ކުންފުންޏާ ހަވާލު ކޮށްގެން ކުރި ސާވޭ އެއްގައި ދައްކާގޮތުން ރާއްޖެ އަންނަ 35 ޕަސެންޓް ފަތުރުވެރިންނަކީ ހަނީމޫންގެ ދުވަސްވަރު ހޭދަކުރުމަށް އަންނަ ފަތުރުވެރިންނެވެ.

comment ކޮމެންޓް