އަނުޝްކާގެ "ޕަރީ"ގެ ޓީޒާ އާންމުކޮށްފި

"ޕަރީ"ގެ މަންޒަރެއް---

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރުމާ ފިލްމު "ޕަރީ"ގެ ޓީޒާ އާންމުކޮށްފި އެވެ.

"ޕަރީ"ގެ ޓީޒާ އާންމުކޮށްފައިވާ އިރު އެ ފިލްމަކީ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ ތަފާތު ފިލްމެކެވެ.

އަންނަ މާޗް މަހުގެ ދެވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޓީޒާ އިން ދައްކުވައިދެނީ ހިލިހިލާ ޖަހާފައި ހުރި އަނުޝްކާގެ ދެ ފައިގެ ނިޔަފަތިތައް މަޑުމަޑުން ދިގުވަމުންދާ ތަނެވެ.

އަނުޝްކާގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ތިން ވަނަ ފިލްމު "ޕަރީ"ގެ ޑައިރެކްޓަރަކީ ޕްރޮސިތު ރޯއީ އެވެ.

ފިލްމަށް "ޕަރީ"ގެ ނަމުން ނަންދިނީ ކޮންސަބަބަކާ ހުރެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑައިރެކްޓަރު ބުނީ ފިލްމަކީ ވަރަށް ތަފާތު ފިލްމެއް ކަމަށެވެ. ފިލްމަށް ޕަރީގެ ނަމުން ނަންދެވުނަސް އެއީ އެއްވެސް ވަރަކަށް 'ފެއަރީ ޓޭލްސް' އާ ގުޅުން ހުރި ފިލްމެއް ނޫން ކަމަށާއި އެ ފިލްމަކީ ބިރުވެރި ނާމާން ފިލްމެއް ކަމަށެވެ.

ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވާ އިރު ފިލްމުގެ ޓީމުން ބުނަނީ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ވަރަށް އަވަހަށް ދައްކާލާނެ ކަމަށެވެ.

comment ކޮމެންޓް