އަމުރަށްފަހު ރައީސްގެ ފުރަތަމަ ވާހަކަފުޅުގައި ސިޔާސީ ލީޑަރުންނަށް ވަރުގަދަ ރައްދެއް

ފެބްރުއަރީ 3، 2018: ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަގުތުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ގާސިމް އިބްރާހިމަށްވެސް ރައީސް ޔާމީން ފާޅުގައި ފާޑު ވިދާޅުވެ ރައްދު ދެއްވައިފި އެވެ.

މިއަދު ޕީޕީއެމުން ވެސްޓްޕާކު ސަރަހައްދުގައި ބޭއްވި ރެލީއެއްގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންގެ ކޮލިޓީއެއް ނުފެންނަ ކަމަށެވެ.

ރައީސް ޔާމީންގެ ސްޕީޗް އެހެން ދުވަސްދުވަހާ މިއަދު ތަފާތުކަން ފާހަގަ ކުރެވުނެވެ. މީގެކުރިން ބޭފުޅުންގެ ނަން ވިދާޅުވެ ފާޑު ވިދާޅު ނުވިޔަސް ރައީސް މިއަދު ވަނީ ކޮންމެ ބޭފުޅެއްގެ ނަން ވަކިން ވަކިން ވިދާޅުވެ ފާޑު ކިޔުންތައް އޮއްސާލާފަ އެވެ.

ފެބްރުއަރީ 3، 2018: ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ވިދާޅުވީ އިދިކޮޅު ސިޔާސީ ލިޑަރުން އެއްގަލަކަށް އަރައި ގާވެސް އޮތީ ރާއްޖޭގައި ނޫން ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ފިއްލަވައިގެން ކަމަށް ވިދާޅުވި އެވެ. އަދި ނަޝީދަށް ތާއީދު ކުރާ އެތައް ބަޔަކު ތިބީ ފިލާ ކަމަށްވެސް ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުންގެ ތެރޭގައި ކްރައުޑެއް ގޮވައިގެން ކްރައުޑަށް އުންމީދަށް ލިބޭ ކަހަލަ ވާހަކައެއް ދައްކަން އެނގޭ ކަހަލަ މީހެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ދެން ފާޑު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށެވެ. ވިދާޅުވީ މައިކެއްގެ ފަހަތުގައި ޕޯޑިއަމެއްގެ ފަހަތުގައި ވާހަކަ ދެއްކުމުގެ މޯރަލް އޮތޯރިޓީ ގާސިމަށް ނެތް ކަމަށެވެ.

ފެބްރުއަރީ 3، 2018: ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގާސިމް އެއުޅުއްވަނީ ފިއްލަވައިގެން ބޭސްފަރުވާއަށް ވަޑައިގަތް ގޮތަށް އަދިވެސް ފިއްލަވައިގެން އެ އުޅުއްވަނީ. އެހެންވީމަ ގާސިމް އިބްރާހިމް ކަހަލަ ބޭފުޅަކަށް އަދި އަތްޕުޅުގައި ފައިސާ ހުރި ކަމަށް އަޅުގަނޑުމެން ގަބޫލު ކުރި ނަމަވެސް އެ ފައިސާ ހުރި ކަމަށްވާނީ އެންމެ ފުރަތަމަ ދައުލަތަށް ދައްކަން ޖެހޭ އެއްޗެއް ދައކައިގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބަށް ނިސްބަތް ކުރައްވައި ރައީސް ވިދާޅުވީ "ގޯސް ހަދަންދެން އަހުމަދު އަދީބަކީ ވަރަށް ގާތް މީހެއް" ކަމަށެވެ.

"ހަމަ ވަރަށް ގޯސް ހެދި މީހެއް. އަހުމަދު އަދީބަށް އޮތީ ކޮން ހައްގެއްތޯ. އަހުމަދު އަދީބުގެ ދިވެހިރާއްޖޭގައި ދިވެހި ބިންގަނޑުގައި އެއްވެސް ހައްގެއް އެބައޮތްތޯ.؟" ރައީސް ޔާމީން ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި ހާދިސާއަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ "އަޅުގަނޑު އެކަނި މަރާލާ ކަމަށް ވަންޏާ އެކަން ކުރަންވީ" ކަމަށެވެ.

ފެބްރުއަރީ 3، 2018: ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެކަމަކު އަޅުގަނޑާއެކީ މައުސޫމު އަތައް ބަޔަކު ތިއްބެވި. ފަރުޟު ހައްޖު އަދާކޮށްގެން އައި މީހުންނާއި އަދި އަޅުގަނޑަށް ބަލާއިރު އަޅުގަނޑުގެ އާއިލާގެ މީހުންނާއި. އެ ދަތުރަކީ އަޅުގަނޑުގެ މުޅި އާއިލާ އެ ލޯންޗުގައި ހިމެނިދާނެ ދަތުރެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ހަމްދަރުދީ ހޯދަން ނޫޅޭ ކަމަށާއި މިހާރު "ހަންވެސް ވަރަށް ބޯވެެއްޖެ" ކަަމަށް ރައީސް ވިދާޅުވި އެވެ. ލޯންޗު ގޮއްވާލީ ހާދިސާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭ ފަދަ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީ އަހުމަދު އަދީބު ވީއްލަން އެކި ޓްވީޓްތަކުގައި އެކި ކަންތައްތަކުގައި އިދިކޮޅު މީހުން ގޮވާލާ ގޮވާލުމަށް ކީއްކުރަންތޯ އެކަމާ ދޭތެރޭ އެހާބޮަޑަށް ވިސްނަންވީ،" ރައީސް ވިދާޅުވި އެވެ.

އަދީބަކީ އިހުލާސްތެރި ކަމެއް އިންސާނިއްޔަތު ކަމެއް ނެތް ބޭފުޅެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން ބާއްވާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްއަށް ނިސްބަތްކޮށް ރައީސް ވިދާޅުވީ އެކަކީ މަގުމަތިން ސަރުކާރު ވައްޓާލަން އުޅުއްވި ބޭފުޅެއް ކަމަށާއި އަނެކަކީ ގޭގައި ހަތިޔާރު ގެންގުޅުއްވި ބޭފުޅެއްގެ ވާހަކަ ކަމަށެވެ. އެއިން އެއްވެސް ބޭފުޅަކަށް ހުކުމް ކުރީ ރައީސް އޮފީހުން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މި ބޭބޭފުޅުންގެ ހައްގެއް ނެތް. މޯރަލް އޮތޯރިޓީއެއް ނެތް. ބައެއް މިއަދު އަރާފައި ތިމަންނަމެއް މިތިބީ ގައުމެއް ހިންގުމަށް ތަސައްރަފު ފުދިފައޭ. ދަންނަވަންތޯ ތަކުލީފެއް އުފުލާއިރު ތަސައްވަރުވެސް ފުދެންވާނެ ދެއްތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް