މައުމޫން ރައްޔިތުންނާ ބައްދަލުކުރައްވައި އީދު ސަލާމް ކުރައްވަނީ

ނޮވެމްބަރ 23، 2019: މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމުގެ ތެރެއިން -- ސަން ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާދަމާ ރައްޔިތުންނާ ބައްދަލުކުރައްވައި އީދު ސަލާމް ކުރައްވާނެ ކަމަށް އެމނަިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ، މާދަމާ ހެނދުނު 9:30 އިން 11:00 އަށް މ. އެންދެރިމާގޭ ގައި ރައްޔިތުންނާ ބައްދަލު ކުރައްވައި އީދު ސަލާމް ކުރައްވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫނަކީ 30 އަހަރު ވެރިކަން ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެ މަނިކުފާނުގެ އިތުރުން، މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ރައްޔިތުންނާ ބައްދަލު ކުރައްވައި ސަލާމް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނީ، ހެނދުނު 9:30 އިން 10:30 އަށް މުލީއާގޭގައެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލިއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަދެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.

އާންމު ރައްޔިތުންނާ އީދު ސަލާމް ކުރެއްވުމަކީ ދައުލަތުގެ ވެރިން ކުރައްވާ ކަމެކެވެ.

comment ކޮމެންޓް