ގެލެކްސީ އެސް9ގެ ކެމެރާ ރަނގަޅުވާނެ ކަމުގެ އިޝާރާތެއް

ސެމްސަންގްގެ އާ ފޯނު ގެލެކްސީ އެސް9 އަންނަ މަހު ލޯންޗު ކުރާނެއެވެ. ފޯނު ލޯންޗު ކުރާ އިވެންޓުގެ ދައުވަތުވެސް އެކުންފުނިން ވަނީ މިހާރު ފޮނުވައިފައެވެ.

އާންމުކޮށް މިފަދަ އިވެންޓުތަކުގައި ލޯންޗުކުރާ ޕްރޮޑަކްޓްތަކުގެ އެހާ ގިނަ މައުލޫމާތެއް އާންމެއް ނުކުރާނެއެވެ. ނަމަވެސް މައުލޫމާތު ލީކުވާއިރު އޭގެ ސައްހަކަން އާންމުކޮށް ބޮޑުވެސް މެއެވެ.

ސެމްސަންގްގެ އިވެންޓް އޮންނާނީ ސްޕެއިންގެ ބާސެލޯނާގައި ފެބްރުއަރީ 26 އިން މާޗް 1އަށް އޮންނަ މޯބައިލް ވޯލްޑް ކޮންގްރެސް ފެށުމުގެ އެއް ދުވަސް ކުރިން ފެބްރުއަރީ 25ގަައެވެ. އެ އިވެންޓު ސެމްސަންގުން ލައިވް ކުރާނެއެވެ.

އިވެންޓުގެ ދައުވަތުގައި ބުނެފައިވަނީ "ކެމެރާ. ރި އިމޭޖިންޑް" އެވެ. އާންމުކޮށް ސެމްސަންގު އަދި އެޕަލް އިން ނެރޭ އާ ޕްރޮޑަކްޓްތަކުގެ ކެމެރާ، އޭގެ ކުރިން ނެރޭ ވާޝަންގެ ކެމެރާ އާ ކޮންމެވެސް ވަރެއްގެ ތަފާތެއް ހުރެއެވެ. އެކަމަކު އެއީ ފާހަގަ ކުރެވޭ ވަރުގެ ތަފާތެއް ނޫނެވެ.

އެހެންކަމުން ސެމްސަންގް ގެ އާ ފޯނުގައި އިންނަ ކެމެރާ އަކީ އެސް8 ސީރީޒްގެ ކެމެރާ އާ އަޅައިބަލާއިރު ތަފާތު ބޮޑު ކެމެރާ އަކަށް ވުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް އެސް9 އަކީ ތަފާތު "އެކްސްޕެރިމެންޓަލް" ފީޗާސް ތަކަކާއެކު ނެރޭ ސަޅި ފޯނަކަށް ވާނެއެވެ.

މަސްދަރު: ދަ ވާޖް

comment ކޮމެންޓް