ގެލެކްސީ އެސް9 އަންނަ މަހު

ސެމްސަންގް އެސް8 ފޯނެއް---

ސެމްސަންގްގެ އާ ފޯނު ސެމްސަންގް ގެލެކްސީ އެސް9 އަންނަ މަހު ނެރޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމެރިކާގެ ލަސް ވޭގަސްގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް ކޮންސިއުމާ އިލެކްޓްރޯނިކް ޝޯގައި ސެމްސަންގުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. އެކުންފުނީގެ މޮބައިލް ކޮމިއުނިކޭޝަންގެ ރައީސް ޑީޖޭ ކޮހް ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ސެމްސަންގް ގެލެކްސީ އެސް9 ނެރޭނީ އަންނަ މަހު ސްޕެއިންގެ ބާސެލޯނާގައި ބާއްވާ މޮބަައިން ވޯލްޑް ކޮންގްރެސްގައެވެ.

އެސް9 ނެރޭނީ ފެބްރުއަރީ މަހުގެ 25 ގައި ކަމަށާއި ބައެއް ގައުމުތަކުގެ ރީޓެއިލް ފިހާރަތަކަށް ފޯނު ފޯރާނީ މާޗް މަހުގެ ކުރީކޮޅު ކަމަށް ބެލެވޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އާ ފޯނާ ގުޅޭ މާ ބޮޑު ތަފްސީލެއް ސެމްސަންގު ކުންފުނިން ހާމައެއް ނުކުރެއެވެ. ނަމަވެސް ބެލެވޭގޮތުގައި މިދިޔަ އަހަރު ނެރުނު އެސް8 އާ އެއްގޮތަށް މި ފޯނު ވެގެންދާނީ ކްރިޓީކުންގެ އަނގަތަށް ބަންދުކޮށްލާނެ، ސެމްސަންގަށް ވަފާތެރި ކަސްޓަމަރުންނަށް ދެވޭ ރަނގަޅު ހަދިޔާ އަކަށެވެ.

comment ކޮމެންޓް