މިދިޔަ އަންގާރަ ދުވަހު ތާޖުއްދީން ސްކޫލުގައި ހިނގައި ދިޔަ މާރާމާރީ އާއި އިއްޔެ ދަރުމަވަންތަ ސްކޫލުގެ ކުއްޖަކަށް ތޫނު އެއްޗަކަށް ހަމަލާދީ ޒަހަމްކޮށްލި މާރާމާރީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ތާޖުއްދީން ސްކޫލު ތެރެއަށް ބަޔަކު ވަދެ ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އެ ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރަކަށެވެ. އަދި އިއްޔެ ދަރުމަވަންތަ ސްކޫލުގެ ގުރޭޑް 9ގެ ދަރިވަރު މުހައްމަދު އަބާނަށް ވަނީ ފަސް މީހުންގެ ގްރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފަ އެވެ. އޭނާއަށް ހަމަލާދިނީ ސްކޫލް ނިންމާލުމަށް ފަހު ގެއަށްދަނިކޮށް ލިލީމަގުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ހިނގާދިޔަ ދެ ހާދިސާއަކީ އެއް ހާދިސާ އަނެއް ހާދިސާއާ ގުޅުމެއް ނުވާ ދެ ހާދިސާ ކަމަށް ޔަގީން ކަމާ އެކު ބުނަން އެނގޭ ކަމަށެވެ.
"މި ހާދިސާތަކަކީ ބަޔަކު ރާވައި