ޒައިނަބުގެ މަރަށް އިންސާފު ނުލިބެނީސް ހަތަރު އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި

ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު އަސްމާ---

ރޭޕްކޮށް، މަރާލާފައި އޮއްވާ ޕާކިސްތާނުން ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބު އަމިންގެ މަރަށް އިންސާފު ހޯދައި ނުދެވެނީސް އެ ގައުމުގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަރު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދަކުން ފެނުނު އެ ކުއްޖާއަކީ އުމުރުން ހަތަރު އަހަރުގެ ކުއްޖެއް ކަމަށް ހަބަރުތައް ބުނެ އެވެ. އަސްމާ ނަމަކަށް ކިޔާ އެ ކުއްޖާގެ ހަށިގަނޑު ފެނުނީ މާދަން ސިޓީގެ އުއްދަނޑި ފީންޏަކުންނެވެ. އަސްމާގެ ހަށިގަނޑު ފެނުނީ އެކުއްޖާ ގެއްލިގެން ހޯދަމުން ދާތާ އެއް ދުވަސް ފަހުންނެވެ.

ޑިސްޓްރިކްޓް މޭޔާ ހިމާޔަތުﷲ އާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ އަސްމާ މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހު ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާ ކަމަށެވެ.

ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު އަސްމާ---

އަސްމާ އަކީ ފަގީރު އާއިލާ އަކަށް ނިސްބަތްވާ ކުއްޖެއް ކަމަށާއި އޭނާގެ ބައްޕަ އަކީ ސައުދީ އަރަބިއާގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ހިމާޔަތުﷲ ވިދާޅުވެފައިވެ އެވެ. އަސްމާ ކިޑްނެޕްކޮށްފައި ވަނީ ގޭ ދޮށުގައި ކުޅެން އުޅެނިކޮށެވެ.

އަސްމާގެ މައްސަލަ ފެންމަތިވެފައި މިވަނީ ޒައިނަބުގެ މަރާ އެކު ކުޑަކުދިންގެ ހައްގުގައި އަޑުއުފުލުން ޕާކިސްތާނުގައި އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޒައިނަބުގެ މަރަށް އިންސާފު ފޯހައިދިނުމަށް ޕާކިސްތާނުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ދެ މީހަކު މަރުވެފައިވާ އިރު ޒައިނަބުގެ ގާތިލު ހޯދުމަށް ޕާކިސްތާނު ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް