ބިޑު ނުކޮށް ދޫކުރާ ތަންތަނުގެ ލިސްޓަށް މާލޭގެ ބިމެއް، އަގަކީ 1.4 މިލިޔަން ރުފިޔާ!

މާލެ ---

ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި، ބިޑު ކުރުމެއް ނެތި ކުއްޔަށް ދޭ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ވެރިރަށް މާލޭގެ ބިމެއް އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ވަނީ ބިޑުނުކޮށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ކ. ކޮށްދިއްޕަރު ފިނޮޅާއި، އައްޑޫ ސިޓީގެ ދޫގަސްގެ ބިމުގެ އިތުރުން މާލޭގެ ހުޅަނގު ދެކުނުގައިވާ ބިމެއް ހިމަނާފައެވެ.

އެހެން ނަމަވެސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 2017 ނޮވެމްބަރު ދެވަނަ ދުވަހުގެ އިއުލާނުގައި ކުށެއް ވާ ކަމަށާއި، ރަނގަޅު ގޮތަކީ މާލޭގެ ހުޅަނގު ދެކުނުގެ ބިމެއް ކަމަށެވެ.

އެ ބިމަކީ ކޮން ބިމެއްކަން އިއުލާނުގައި ކަނޑައެޅިގެން ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ބިމުގެ ސައިޒަކީ 19،343 އަކަފޫޓު ކަމަށާއި، ބިމުގެ އަންދާޒާކުރެވޭ އެކިއުޒިޝަން ކޮސްޓަކީ 1.4 މިލިޔަން ރުފިޔާ ކަމަށްވެސް އިއުލާނުގައި ވެއެވެ.

ކުރީގެ އިއުލާނުގައި ހިމަނާފައިވާ ކޮށްދިއްޕަރު ފިނޮޅުގެ ބޮޑުމިނަކީ 2.8 ހެކްޓަރެވެ. އަދި އަންދާޒާ ކުރެވޭ އެކުއިޒިޝަން ކޮސްޓަކީ 2.2 މިލިޔަން ޑޮލަރެވެ.

އަދި 2.5 ހެކްޓަރުގެ ދޫގަސްގެ އެކުއިޒިޝަން ކޮސްޓަކީ ތިން ލައްކަ ޑޮލަރެވެ.

comment ކޮމެންޓް