މާބަނޑު ދުވަސްވަރު ބިސް ކާނަމަ ދަރިފުޅުގެ ވިސްނުން ރަނގަޅުވާނެ: ދިރާސާ

މާބަނޑު ދުވަސްވަރު ބިސް ކެއުމަކީ ބަނޑުގައިވާ ދަރިފުޅުގެ ވިސްނުން ރަނގަޅުވާނެ ކަމެއް ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ބިހުގައި އެކުލެވޭ ކޯލީންގެ ސަބަބުން ކުއްޖާގެ ހަނދާން ގަދަކޮށްދީ އައިކިއު ލެވެލް މަތިކޮށްދޭނެ ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.

ދަ ޖާނަލް އޮފް ދަ ފެޑެރޭޝަން އޮފް އެމެރިކަން ސޮސައިޓީސް ފޯ އެކްސްޕެރިމެންޓަލް ބަޔޮލަޖީސް އިން ކުރި އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ދުވާލަކު ނުވަ ބިސް ކާންވާނެ އެވެ.

ނަމަވެސް މިއީ އެއް ދުވަހުގެ ތެރޭގައި ކެއުމަށް ވަރަށް ގިނަ އަދަދެކެވެ. މާ ގިނައިން ބިސް ކެއުމަކީ ކޮލެސްޓްރޯލް ލެވެލް މަތިކުރާނެ ކަމެކެވެ.

މާބަނޑު ދުވަސްވަރު ނިއުޓްރިއަންޓް ބޭނުން ކުރަން އަންގާފައި އޮންނަނީ ދުވާލަކު 480 މިލިގްރާމެވެ. ނަމަވެސް ދުވާލަކު ނުވަ ބިސް ކާނަމަ މި އަދަދު ދެގުނަ ވާނެ އެވެ.

އެ ދިރާސާގައި ބުނެފައި ވަނީ ކަނޑައެޅިފައިވާ މިންވަރަށް ކޯލީން އެކުލެވޭ ކާނާ މާބަޑު ދުވަސްވަރު ކާމީހުން މަދު ކަމަށެވެ. އެހެން ދިމާވަނީ ބިހަކީ ކެއުން މާ ރަނަގަޅު އެއްޗެއްކަމަށް ގަބޫލު ނުކުރެވޭތީ ކަމަށާއި ރޯނުފިލާ ބިސް ކެއުމަކީ މާބަނޑު މީހުންނަށް އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ލަފާ ދީފައިވާތީ ކަމަށް ބެލެވޭ ކަމަށްް ވެސް ދިރާސާގައި ބުނެފައިވެ އެވެ. ބިހުގެ ގޮބޮޅީގައި 115 މިލިގްރާމް ކޯލީން އެކުލެވެ އެވެ.

ދިރާސާގައި 26 މާބަނޑު އަންހެނުން ބައިވެރި ކޮށްފައިވާއިރު ކަނޑައެޅިފައިވާ މިންވަރަށް ކޯލީން ބޭނުންކުރާކަމަށް ރެކޯޑްކުރެވިފައި ވަނީ ދިރާސާގައި ބައިވެރިވި ދެބައިކުޅަ އެއްބައި އަންހެނުންނެވެ.

comment ކޮމެންޓް