ތިން މީހުންނާއެކު ދަތުރުކުރި ޑީންގީއެއް ބަންޑުން ޖަހާލައިފި

އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގދ. ގައްދޫން ފުރައިގެން އެއަތޮޅު ވާދޫ ކައިރީގައި އޮތް އުޅަނދަކަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފްގެ އިންފޯރމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ތިން މީހުންނާއެކު، ގދ. ގައްދޫން ފުރައިގެން އެއަތޮޅު ވާދޫ ކައިރީގައި އޮތް އުޅަނދަކަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް، ގދ. މަޑިހާ ކައިރިއަށް ބަންޑުން ޖަހާލީ އެރަށު ނެރުކައިރީގައި އުފެދުނު ބާނިގަނޑެއްގައި ޖެހިގެން ކަމަށެވެ.

ޑިންގީގައި ތިބީ، ތިން ދިވެހީން ކަމަށާއި އެ ތިންމީހުންގެ ހާލުވެސް ރަނގަޅުކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

"ގދ. ގައްދޫން ފުރައިންގެ ގދ. ވާދުއަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ގެއްލިފައިވާ ކަމުގެ ޚަބަރު ކޯސްޓްގާޑަށް ރިޕޯޓުކޮށްގައި ވަނީ، ރޭ ފަތިހު 5:30ގައި. ހަމަ އެވަގުތުން ފެށިގެން އެންއެންޑީއެފްގެ ކޯސްޓްގާޑުން ދިޔައީ، އެ ތިންމީހުން ހޯދުމުގެ މަސައްކަތް ކުރަމުން. މީގެ އިތުރުން އޮޕަރޭޝަންގައި ބައިވެރި ކުރުމަށް، ސީއެމްބިއުލަންސަކާއި އެމްއެންޑީއެފްގެ ހެލިކޮޕްޓަރުވެސް އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.

"ކޯސްޓްގާޑުން އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، އެ މިއަދު ހެނދުނު 0810 ކަންހާއިރު އެ ތިންމީހުން ފެނިފައިވާ ކަމުގެ މައުލޫމާތު ލިބުނީ،

"ޑިންގީ ބަންޑުން ޖަހާލީ މަޑިހާއަށް ވަންނަން އުޅެނިކޮށް، އެ ސަރަހައްދުގައި އުފެދުނު ބާނިގަނޑެއްގައި ޖެހިގެން ކަމަށް އެމީހުން ބުނީ. އެ ތިން މީހުންގެ ހާލުވެސް ރަނގަޅު."

comment ކޮމެންޓް